11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

އޭއެފްސީ ކަޕް

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

  • ވެލެންސިއާ އަށް ފުރަތަމަ ހާފްގައި އެޓޭކްކުރަން އުނދަގޫވި
  • ވެސްޓަކީ ރާއްޖޭގައި ކުޅޭ އެންމެ ރަނގަޅު އެއް ސްޓްރައިކަރު
ލީވާން އަލީ | MrLeevaan

| 8 ފެބުރުވަރީ 2017 | ބުދަ 01:18 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ވެލެންސިއާގެ ކޯޗު ފެސްކޯ (ވ) އާއި ކުޅުންތެރިޔާ ރިލްވާން (ކ) -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ކްލަބް ވެލެންސިއާގެ ޓާގެޓަކީ ޕްލޭއޮފް ފަހަނައަޅައި ގޮސް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުން ކަމަށް އެޓީމުގެ ހެޑްކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ޕްރިމިލިނަރީ ބުރުގައި ތިމްޕޫ އަތުން 0-3 ގެ ނަތީޖާ އިން ވެލެންސިއާ މޮޅުވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފެސްކޯ ބުނީ މެޗުގައި ކުޅުންތެރިން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި، އެ ދެއްކި ކުޅުމާމެދު ކޯޗިން ޓީމު ފަހުރުވެރިވާ ކަމަށެވެ.

ފެސްކޯ ބުނީ ހުރިހާވެސް އަމާޒެއް ހުރީ އޭއެފްސީ ކަޕްގައި ހޯދުނު ކާމިޔާބީ ދެމެހެއްޓުން ކަމަށެވެ. އެގޮތުން ޕްލޭއޮފް މެޗަށް ތައްޔާރުވާން މިހާރުއްސުރެ މަސައްކަތްކުރަން ޖެހޭ ކަމަށާއި، ޕްލޭއޮފް މެޗުން މޮޅުވެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަކީ ފުރަތަމަ އަމާޒު ކަމަށެވެ.

ތިމްޕޫ އިން ފުރަތަމަ ހާފްގައި ކުޅުނީ ޑިފެންސިވް ގޭމެއްކަން ފާހަގަކުރަމުން ފެސްކޯ ބުނީ ވެލެންސިއާ އަށް ފުރަތަމަ ހާފްގައި އެޓޭކްކުރަން އުނދަގޫވި ކަމަށެވެ. އެގޮތުން އޭނާ ބުނީ ތިމްޕޫގެ ކީޕަރު މެޗުގައި ގިނަ ސޭވްތަކެއް ކޮށްފައިވާ ކަމަށާއި، ތިމްޕޫގެ ޑިފެންސްވެސް ރަނގަޅުކަމަށެވެ.

ވެސްޓުގެ ކުޅުމާ ބެހޭގޮތުން ފެސްކޯ ބުނީ އޭނާ އަކީ ވިކްޓްރީގައި ހުރި އިރުއްސުރެ ދަންނަ ކުޅުންތެރިޔެއް ކަމަށާއި، ވެސްޓަކީ ރާއްޖޭގައި ކުޅޭ އެންމެ ރަނގަޅު އެއް ސްޓްރައިކަރު ކަމަށެވެ. އެގޮތުން އޭނާ ބުނީ ކޮންމެ މެޗެއްގައި ވެސް ލަނޑު ޖެހުމަކީ ފަސޭހަކަމަކަށް ނުވެދާނެ ކަމަށާއި، ކޮންމެ ކުޅުންތެރިޔަކު ލަނޑު ޖެހިޔަސް ވެލެންސިއާ އިން އަބަދުވެސް ބޭނުންވާނީ މޮޅުވާން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް