11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ފޯމިއުލާ ވަން

ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް އެހީވުމަށް ފޯމިއުލާ ވަން ޑަރައިވަރުން ފޮޓޯތަކެއް ހަދިޔާކޮށްފި

  • ނީލަން ކިޔުން ހުޅުވާލުމުގެ ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހު، ލަންޑަންގައި
  • 2012 ވަނަ އަހަރުން ފެށިގެން، ނީލަން ކިޔައިގެން މިހާތަނަށް 100،000 ޕައުންޑް ހޯދިފައިވޭ
އައިޝަތު ޝާނީ | Shaaknee

| 8 ފެބުރުވަރީ 2017 | ބުދަ 01:18 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ދުނިޔޭގެ އެއްވަނަ ނިކޯ ރޮޒްބަރގް ހަދިޔާ ކުރި ސެލްފީއެއް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަންއަށް ފަންޑް ހޯދުމުގެ ގޮތުން މޮޓޯ ރޭސިންގގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ސޮއިކޮށްފައިވާ ފޮޓޯތަކެއް މިއަހަރުވެސް ނީލަން ކިޔާނެއެވެ.

މި ގޮތުން ހުކުރު ދުވަހު ލަންޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާގައި ފޯމިއުލާ ވަންގެ ގިނަ ޑްރައިވަރުން ނަގާފައިވާ "ބިހައިންޑް ދަ ސީންސް"ގެ ފޮޓޯތައް ނީލަން ކިޔަންވަނީ ހަމަޖެހިފައެވެ.

މި ހަރަކާތައް، މޮޓޯ ރޭސިންގެ ދުނިޔޭގެ އެއްވަނަ، ނިކޯ ރޮޒްބަރގް، ލުއިސް ހެމިލްޓަން، ބަރނީ އެކްލެސްޓޯން، ޑެނިއަލް ރިކިއާޑޯ އަދި މެކްސް ވަސްޓެޕެސް ވަނީ ފޮޓޯތައް ހުށަހަޅާފައެވެ.

ރޮސްބަރގް ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ކުރިއަށް ދިޔަ އިޓާލިއަން ގްރޭންޑް ޕްރީ ކާމިޔާބު ކުރުމަށްފަހު ނަގާފައިވާ ސެލްފީއެއް ޗެރިޓީއަށް ހުށަހަޅާފައެވެ.

މީގެ އިތުރުން، މެކްލަރެން ޓީމްގެ ރޭސިންގ ޑައިރެކްޓަރ، އެރިކް ބޯލިއަރ ވަނީ އޭނާއާއި، އެހެން ފަރާތްތަކެއް ފެންނަ ސެލްފީއެއް ވެސް ހުށަހަޅާފައެވެ.

ޒޫމް އޯކްޝަން އިން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ނީލަމުން  ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް މިހާތަނަށް 100،000 ޕައުންޑް ހޯދިފައިވާކަމަށް ރިޕޯޓްތަކުގައިވެއެވެ.

ހުށަހަޅާފައިވާ ފޮޓޯގްރާފްތައް އޮންލައިންކޮށް ވެސް ނީލަން ކިޔޭއިރު، ކުރިއަށް އޮތް ހަފްތާތަކުގައި ނީލަން ކިޔުމަށް ފުރުސަތު ހުޅުވާލެވިފައި ހުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް