19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ލިލީ އިންޓަރނޭޝަނަލް

އެސެޕްސޯ އާއި ބޭބީ ޑޯވް ބްރޭންޑްގެ ޕްރޮޑަކްޓްތައް ލިލީ އިން ތައާރަފުކޮށްފި

  • ހުރިހާ ޕްރޮޑަކްޓެއްވެސް ރަނގަޅު އަގެއްގައި ލިބޭނެ
  • އެންމެ ކޮލެޓީ ރަނގަޅު ޕްރޮޑަކްޓްތައް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުން އަމާޒަކީ
ސިމާހާ ނަސީމް | sim_kamana

| 23 ނޮވެންބަރު 2018 | ހުކުރު 00:15 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ލިލީ އިން ތައާރަފުކުރި އެސެޕްސޯ އާއި ބޭބީ ޑޯވް ބްރޭންޑްގެ ޕްރޮޑަކްޓްތައް -- ރާއްޖެއެމްވީ

އެސެޕްސޯ އާއި ބޭބީ ޑޯވް ބްރޭންޑްގެ ޕްރޮޑަކްޓްތައް ލިލީ އެންޓަޕްރައިޒަސް އިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

އެސެޕްސޯގެ ހަތަރު ޕްރޮޑަކްޓެއް ލިލީގެ ފަރާތުން ތައާރަފުކޮށްފައިވާއިރު އެ ޕްރޮޑަކްޓްތަކަކީ އެސެޕްސޯ ބޮޑީ ވޮޝް، ހޭންޑް ވޮޝް، ސައިބޯނީގެ އިތުރުން ފޭޝަލް ފޯމްއެވެ. އަދި ބޭބީ ޑޯވްގެ ލޯޝަން، ޝޭމްޕޫ، ސައިބޯނީގެ އިތުރުން ބޭބީ ޑޯވް ވައިޕްސް ވަނީ ތައާރަފުކޮށްފައެވެ.

މި ހުރިހާ ޕްރޮޑަކްޓެއްވެސް ރަނގަޅު އަގެއްގައި ލިބޭނެ ކަމަށް ލިލީ އިން ބުންޏެވެ.

މި ޕްރޮޑަކްޓްތައް ލޯންޗުކުރުމަށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލިލީ އެންޓަޕްރައިޒަސްގެ ބިޒްނަސް ޑިވެޕޮލްމެންޓް މެނޭޖަރ ހުސައިން ފައިސަލް ވިދާޅުވީ ޑޯވްގެ ޕްރޮޑަކްޓްތައް ލޯންޗުކުރުމުގެ މަޤްސަދަކީ ކުޑަކުދިން ބޭނުންކުރުމަށްޓަކައި އެންމެ ކޮލެޓީ ރަނގަޅު ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުން ކަމަށާއި ޑޯވް ބްރޭންޑްގެ ޕްރޮޑަކްޓްތަކަކީ އާންމުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ޕްރޮޑަކްޓްތައް ކަމަށެވެ.

ބޭބީ ޑޯވް އާއި އެސެޕްސޯގެ އުފެއްދުންތައް ލިލީ ސްޓޯރުންނާއި ލާލް ސްޓޯރުންނާއި ލިލީ ޝޮޕް ހުޅުމާލެ އަދި ލިލީ ޝޮޕް އައްޑޫ އިން ލިބެން ހުންނާނެއެވެ.

ޔުނިލީވާގެ ދެ އުފެއްދުން ކަމުގައިވާ ބޭބީ ޑޯވް ބްރޭންޑާއި އެސެޕްސޯ ބްރޭންޑަކީ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ދެ ބްރޭންޑެވެ. މިދެ ބްރޭންޑް ސަޕްލައި ކުރަނީ އެސްޑީއެލް ކުންފުނިންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މި ދެ ބްރޭންޑްގެ އިތުރު އުފެއްދުންތަކަށް ބާޒާރަށް ނެރުމަށް ނިންމާފައިވާ ކަމަށް ލިލީ އިން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް