18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އިސްރާއީލް ފަލަސްތީނު މައްސަލަ

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

  • އިރުމަތީ ގުދުސްއަކީ މުސްތަގުބަލުގައި ފަލަަސްތީނުގެ ވެރިރަށް ކަމަށް ފަލަސްތީނުން ބުނޭ
  • މިގާނޫނަކީ ބިން ވަގަށް ނެގުން ހުއްދަކުރާ ގާނޫނެއް ކަމަށް ފަލަސްތީނުން ބުނޭ
އަބުދުﷲ މުހައްމަދު | 8Abbo

| 8 ފެބުރުވަރީ 2017 | ބުދަ 01:03 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމާއެކު ނަތަންޔާހޫގެ ސަރުކާރުން ވަނީ މި ގާނޫނު ފާސްކުރުމުގެ މަސައްކަތް އަވަސްކޮށްފައި -- ގޫގުލް

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮތް ފަލަސްތީނުގެ ރައްޔިތުންނަށް މިލްކު ކޮށްދީފައިވާ ބިންތަކުގައި އިސްރާއީލުން 4000 ހެއްހާ ގެދޮރު އާބާދުކުރުން ހުއްދަކުރާ ބިލް އިސްރާއީލުން ފާސްކޮށްފިއެވެ.

މި ގާނޫނުގެ ދަށުން އިސްރާއީލުގެ ބިންވެރިންނަށް ބިމުގެ ބަދަލުގައި މާލީ ބަދަލެއް ދެވޭނެއެެވެ.

ފަލަސްތީނުގެ އޮފިޝަލުންވަނީ މި ބިލް ކުށްވެރިކޮށް މިއީ ބިން ވަގަށް ނެގުން ހުއްދަކުރާ ގާނޫނެއްކަމަށް ބުނެފައެވެ.

އިސްރާއީލުގައިވެސް މި ބިލްގެ މައްސަލައިގައިވަނީ ޚިޔާލު ތަފާތުވެފައެވެ.

އިސްރާއީލުގެ އެޓާނީ ޖެނެރަލްވެސް ވިދާޅުވެފައިވަނީ މިއީ ގާނޫނުއަސާސީއާ ޚިލާފް ބިލެެއްކަމަށާއި ސުޕްރީމް ކޯޓުގައި އޭނާ އެ ގާނޫނު ދިފާއު ނުކުރައްވާނެކަމަށެވެ.

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންފަހުން މި ގާނޫނު ފާސްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދިޔަކަން ފާހަގަ ކުރެވެއެވެ.

އިސްރާއީލުން 1967ގައި އިރުމަތީ ގުދުސްއާއި ހުޅަނގު އައްސޭރި ހިފި ފަހުން މިހާތަނަށް 140ށް ވުރެ ގިނަ ފަހަރުމަތިން ގެދޮރު ބިނާކޮށް، އެތަންތާނގައި 600،000 އަށްވުރެ ގިނަ ޔަހޫދީން ދިރިއުޅެމުންދެއެވެ.

އިރުމަތީ ގުދުސްއަކީ މުސްތަގުބަލުގައި ފަލަަސްތީނުގެ ވެރިރަށް ކަމަށް ފަލަސްތީނުން ބުނަމުންދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް