20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އޭއެފްސީ ކަޕް

އޭއެފްސީ ކަޕްގެ ގުރު ނަގައިފި، ރާއްޖޭގެ ކްލަބެއް ނުހިމެނޭ!

  • މިއީ 2004 ވަނަ އަހަރަށްފަހު ރާއްޖޭގެ ބައިވެރިނުވާ ފުރަތަމަ ފަހަރު
ލީވާން އަލީ | MrLeevaan

| 22 ނޮވެންބަރު 2018 | ބުރާސްފަތި 14:25 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


އޭއެފްސީ ކަޕްގެ ގުރުލުމުގެ ތެރެއިން -- ޓްވިޓަރ

އޭއެފްސީ ކަޕްގެ ގުރު ބުރާސްފަތި ދުވަހު ނެގިއިރު، އޭގެ ތެރޭގައި ރާއްޖޭގެ ކްލަބެއް ނުހިމެނުނެވެ.

އޭޝިއާގެ ދެވަނަ ފަންތީގެ އެންމެ ބޮޑު ކްލަބް މުބާރާތުގައި ރާއްޖޭގެ ކްލަބެއް ނުހިމެނޭއިރު، މިއީ 2004 ވަނަ އަހަރަށްފަހު ރާއްޖޭގެ އެއްވެސް ކްލަބަކަށް މި މުބާރާތުން ފުރުސަތު ނުލިބުނު ފުރަތަމަ ފަހަރެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރުގެ އޭއެފްސީ ކަޕުން ރާއްޖެއަށް ފުރުސަތު ނުލިބުނީ އޭއެފްސީން ދިން މުއްދަތުގައި، އޭއެފްސީގެ ކްލަބް ލައިސަންސިން އެޑްމިނިސްޓްރޭޝަން ސިސްޓަމުގައި ރާއްޖޭގެ ކްލަބްތަކަށް ލައިސަންސް ލިބޭ ވަރަށް ލިޔެކިޔުން ހަމަނުކުރެވުމުންނެވެ.

އެގޮތުން ސިސްޓަމްގައި އަލުން ލިޔެކިޔުން ފޮނުވުމުގެ މުއްދަތު އިތުރުކޮށްދޭން އެފްއޭއެމުން އޭއެފްސީގައި އެދުނު ނަމަވެސް އެކަން ކޮށްދެވެން ނެތްކަމަށް އޭއެފްސީން ވަނީ އެފްއޭއެމް އަށް އަންގާފައެވެ.

މިފަހަރު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބިފައިވަނީ އިންޑިއާގެ މިނާވާ ޕަންޖާބް އާއި ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން އަދި ނޭޕާލްގެ ލީގް ޗެމްޕިއަން އަށެވެ.

ޕްލޭއޮފުން ޖާގަ ދީފައިވަނީ ސްރީލަންކާ އާއި ބޫޓާން އަދި އިންޑިއާގެ ޓީމަކަށެވެ. އެގޮތުން ޕްލޭއޮފުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުވާނެއެވެ.

އޭއެފްސީން ވަނީ އޭއެފްސީ ކަޕްގެ ފޯމެޓަށް 2016 ވަނަ އަހަރު ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެއީ ދެ ޒޯނަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާ ގޮތަށެވެ. އޭގެ ފަހުން މުބާރާތުގައި ދެކުނު އޭޝިއާގެ ޓީމުތައް ވާދަކުރަނީ މި ސަރަހައްދުގެ ޓީމުތަކަށް ހާއްސަކޮށްފައި އޮތް ގްރޫޕުގަ އެވެ.

މިފަހަރުގެ އޭއެފްސީ ކަޕްގައި ޖުމްލަ 36 ޓީމު ހިމެނޭއިރު، ޓީމުތައް ވަނީ ނުވަ ގްރޫޕަކަށް ބަހާލާފައެވެ. މުބާރާތުގެ މެޗުތައް ކުރިޔަށްދާނެ ދުވަސް އޭއެފްސީން ކުރިޔަށް އޮތް ދުވަސްތަކުގައި އިއުލާން ކުރާނެއެވެ.

އޭއެފްސީ ކަޕަކީ ދިވެހި ކުޅުންތެރިންނަށް ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ތަޖުރިބާތަކެއް މީގެ ކުރިން ލިބިފައިވާ މުބާރާތެކެވެ. އަދި ރާއްޖޭގެ ކްލަބްތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތަކާ ކުޅެ މި މުބާރާތުގައި ރަނގަޅު ކާމިޔާބު ވެސް ހޯދައިފަ އެވެ. އެގޮތުން ރާއްޖޭގެ ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައި 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް