18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

އޭއެފްސީ ކަޕް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

  • ޕްލޭއޮފްގައި ވެލެންސިއާ ނިކުންނާނީ މޯހަން ބަގާން ނުވަތަ ކޮލޮމްބޯއެފްސީ އާ ދެކޮޅަށް
  • މެޗުގައި ވެލެންސިއާ އަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި
  • ތިމްޕޫ އަށް މެޗުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކޭ، ރަނގަޅު ހަމަލާއެއްވެސް ނުއުފެއްދޭ
ލީވާން އަލީ | MrLeevaan

| 7 ފެބުރުވަރީ 2017 | އަންގާރަ 23:48 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ވެލެންސިއާގެ އިބްރާހިމް ހަމްދާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އޭއެފްސީ ކަޕްގައި ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ސިޓީ ބަލިކޮށް ކްލަބް ވެލެންސިއާ ޕްލޭއޮފުން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗު ތިމްޕޫއާ ވާދަކޮށް ވެލެންސިއާ އިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ވެލެންސިއާ އެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ހޯދާފައެވެ.

ފުރަތަމަ ހާފްގައި ވެލެންސިއާގެ ގޮޑްފްރޭ ވެސްޓް އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެއިތުރުން ފުރަތަމަ ހާފްގައި ތިމްޕޫގެ ކީޕަރު ވަނީ ވެލެންސިއާގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފްގައި ތިމްޕޫގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް މާ ރަނގަޅު ފުރުސަތުތަކެއްވެސް އެޓީމަށް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ވެލެންސިއާ އިން ވަނީ އެޓޭކިން ކުޅުމެއް ކުޅެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ވެލެންސިއާ އާއި ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ހާފް ފެށިގެން ތިމްޕޫ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ވެލެންސިއާގެ ހާފަށް ބާރުބޮޑުކުރި އެވެ. އެހެންނަމަވެސް އެޓީމަށް ވެލެންސިއާގެ ގޯލު ކީޕަރު ޓެސްޓުކޮށްލެވޭ ވަރުގެ ހަމަލާއެއް އުފެއްދޭ ގޮތް ވަނީ ނުވެއެވެ.

އޭގެ ބަދަލުގައި ވެލެންސިއާ އިން ވަނީ ދެވަނަ ހާފްގައިވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން ރިލްވާން އަދި ވެސްޓް އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

ވެލެންސިއާ އިން މެޗުގައި ލީޑު ނެގީ 79 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ހަމްދާން އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރިތާ މާގިނައިރުތަކެއް ނުވަނީސްއެވެ.

އޭގެ ހަ މިނެޓު ފަހުން ވެލެންސިއާ އަށް ލީޑު ފުޅާކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޕްރިންސް އެވެ. މި ލަނޑަށްފަހުވެސް ވެލެންސިއާ އިން ދިޔައީ ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތު ތަނަވަސްކުރަމުންނެވެ.

ވެލެންސިއާ އިން މެޗުގައި ޖެހި ތިން ވަނަ ލަނޑު އިތުރުވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރިލްވާން އެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްދިނީ ވެސްޓްގެ އެހީތެރިކަމާއެކުގައެވެ.

މި ނަތީޖާއާއެކު ވެލެންސިއާ ޕްލޭ އޮފުން ޖާގަ ހޯދާފައިވާއިރު، އެޓީމު ނިކުންނާނީ އިންޑިއާގެ މޯހަންބަގާން ނުވަތަ ސްރީލަންކާގެ ކޮލޮމްބޯ އެފްސީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް