17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ވައްކަން ކުރުން

ވައްކަން ކުރި މައްސަލާގައި އިތުރު މީހުންތަކެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

 • ވިލިނގިލި ބީއެމްއެލް ބްރާންޗުން ވައްކަން ކޮށްފައިވަނީ ފުރާޅު ހަލާކު ކޮށްލައިގެން އެތަނަށް ވަދެ
 • ޖުމްލަ 13 މީހުން ވަނީ ހައްޔަރު ކޮށްފައި
 • މީގެ ތެރޭގައި ބަންގްލަދޭޝް މީހަކު ވެސް ހިމެނޭ
ސިމާހާ ނަސީމް | sim_kamana

| 21 ނޮވެންބަރު 2018 | ބުދަ 21:12 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ގއ. ވިލިނގިލި -- ގޫގުލް

ބޭންކް އޮފް މޯލްޑިވްސްގެ ގއ. ވިލިނގިލި ބްރާންޗުން ވައްކަން ކުރި މައްސަލާގައި އިތުރު ހަ މީހުން ހައްޔަރުކޮށް، އެމީހުންނަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮކްޓޯބަރު 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި 4 މީހުންގެ ތެރޭގައި ބަންގްލަދޭޝް މީހަކު ހިމެނޭ ކަމަށާއި ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފަޅު ގޯއްޗެއް ބަލާ ފާސްކުރުމުގެ ތެރެއިން އެ މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގޭސް ކަޓަރއެއް ވެސް ފެނިފައިވާ ކަމަށެވެ. އަދި އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު އޮކްޓޯބަރު 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށާއި އެ ދެމީހުންގެ ބަންދުގެ މުއްދަތަށް 7 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޖުމްލަ 7 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 5 މީހެއްގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާއިރު އަނެއް ދެ މީހުންނަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ 7 ދުވަސް ބަންދުގެ މުއްދަތަށް ޖަހާފައެވެ.

މި މައްސަލައާ ގުޅިގެން މިހާރު ޖުމްލަ 13 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ ބީއެމްއެލްގެ ވިލިނގިލި ބްރާންޗުން ވައްކަން ކޮށްފައިވަނީ ފުރާޅު ހަލާކު ކޮށްލައިގެން އެތަނަށް ވަދެގެން ކަމަށެވެ. އަދި  އެ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ހޯދި ފައިސާގެ އަދަދު ފުލުހުން ހާމައެއް ނުކުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް