19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

ހެލްތު މިނިސްޓްރީ

އައިޖީއެމްއެޗާއި ވިލީމާލޭ ހޮސްޕިޓަލުގެ ގޮންޖެހުންތަކަށް ހައްލު ހޯދަން މަޝްވަރާކޮށްފި

  • މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި
  • މިނިސްޓަރު އަމީން ހޮސްޕިޓަލްގެ މެނޭޖުމަންޓާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރު
އަމްނާ އިމާދު | @amnabinthimad

| 21 ނޮވެންބަރު 2018 | ބުދަ 20:25 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


އައިޖީއެމްއެޗު، ވިލިމާލެ ހޮސްޕިޓަލްގެ މެނޭޖުމަންޓާއި މިނިސްޓަރު އަމީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން... -- ހެލްތު މިނިސްޓްރީ

ސަރުކާރު ހޮސްޕިޓަލު، އައިޖީއެމްއެޗާއި ވިލީމާލޭ ހޮސްޕިޓަލުގައި ހިންގުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދާނެ ގޮތްތަކާއި ބެހޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު އެހޮސްޕިޓަލުތަކުގެ މެނޭޖުމަންޓުން މަޝްވަރާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ އެމިނިސްޓްރީގެ މިނިސްޓަރު މަގާމަށް އަމީން އައްޔަން ކުރެއްވި ފަހުން ހޮސްޕިޓަލްގެ މެނޭޖުމަންޓާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަމަށާއި، މުހިންމު ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން އެބައްދަލުކުރެއްވުމުގައި އައިޖީއެމްއެޗާއި، ވިލިގިލީގެ ހޮސްޕިޓަލް ހިންގުމަށް ދިމާވާ ގޮންޖެހުންތަކާއި، ހައްލުކުރާނެ ގޮތްތަކާއި، މިހާރު މިހާރަށް ހައްލު ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މިދެހޮސްޕިޓަލުން ދެވޭ ޚިދުމަތް ރަނގަޅު ކުރުމާ ބެހޭ ގޮތުންނާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރަށް ގައުމީ ޔުނިވާސިޓީގެ މެޑިސިން ސްކޫލުހައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ ފުރަތަމަ ބެޗުގެ ދަރިވަރުންނާއި ބައްދަލުކުރައްވާ ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާއި ބޭހޭ ގޮތުން ވަނީ ވާހަކަދައްކަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް