19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ސީރިޔާ

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

  • ސީިރިޔާ ސަރުކާރުން ކުރިން ވަނީ ޖަލުތަކުގައި މީހުން މެރުމާއި ލާއިންސާނީ އަނިޔާތައް ޖަލުތަކުގައި ކުރެވޭ މައްސަލަ ދޮގުކޮށްފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 7 ފެބުރުވަރީ 2017 | އަންގާރަ 20:38 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ސީރިޔާ ވަނީ ހަނގުރާމައިގެ ހާއްޔަކަށް ބަދަލުވެފައި -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ސީރިޔާގެ ސިއްރު ޖަލެއްގައި އާންމުންގެ 13،000 މީހުން މަރާލާފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

އެމްނެސްޓީން މިހެން ބުނެފައި ވަނީ އެ ޖަމާއަތުން ނެރުނު ރިޕޯޓެއްގައި ކަމަށްވާއިރު އެ ޖަމާއަތުން ތުހުމަތުކޮށްފައި ވަނީ އެ 13،000 މީހުން މަރާލާފައި ވަނީ ސެޕްޓެމްބަރު 2015 އާއި ޑިސެމްބަރު 2015 ގެ ތެރޭ ކޮންމެ ހަފްތާއަކު ސޭޑްނަޔާ ނަމަކަށް ކިޔާ ޖަލެއްގައެވެ.

އެމްނެސްޓީން އިތުރަށް ބުނީ ތުހުމަތު ކުރެވޭ މީހުން މެރުމުގެ ހާދިސާތަކުގައި، މީހުން މެރުމަށް ހުއްދަ ދިނީ ސީރިޔާ ސަރުކާރުގެ އެންމެ މަތީ ލެވެލް އިން ކަމަށެވެ.

ސީިރިޔާ ސަރުކާރުން ކުރިން ވަނީ ޖަލުތަކުގައި މީހުން މެރުމާއި ލާއިންސާނީ އަނިޔާތައް ޖަލުތަކުގައި ކުރެވޭ މައްސަލަ ދޮގުކޮށްފައެވެ.

އެމްނެސްޓީން އިތުރަށް ބުނެފައިވަނީ ޑިސެމްބަރު 2015 ގެ ފަހުން ޖަލުތަކުގައި މީހުން މެރި ކަމުގެ ހެއްކެއް ނެތް ކަމަށާއި އެހެން ނަމަވެސް ޖަލުތަކުގައި މީހުން މެރުން ހުއްޓުނު ކަމަށް ބަލާނެ ސަބަބެއް ނެތް ކަމަށެވެ.

އެމްނެސްޓީން ބުނެފައިވަނީ ސީރިޔާ ސަރުކާރުން ޖަލުތަކުގައި މީހުން މެރުމުގެ ރިޕޯޓުތަކާއި ގުޅިގެން ސީރިޔާގެ ކަމާބެހޭ ފަރާތްތަކާ ނިމި ދިޔަ ޖެނުއަރީގައި މުވާސަލާތު ކުރެވުނު ކަމަށާއި އެހެން ނަމަވެސް ސީރިޔާ ސަރުކާރުން އެކަމަށް ޖަވާބެއް ނުދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް