19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

ބޮލީވުޑް

ސްރީދޭވީގެ ޝަރަފުގައި މާދުރީ ނެށުމެއް ހުށަހަޅައިފި

  • މާދުރީ ނެށުން ހުށަހަޅައި ދީފައި ވަނީ ސްރީދޭވީ ގެ ލަވަ އެއް ކަމަށްވާ "ހަވާ ހަވާއީ" މި ލަވައަށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 19 ނޮވެންބަރު 2018 | ހޯމަ 23:17 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


މާދުރީ ޑިކްސިޓް އާއި ސްރީދޭވީ -- ހިންދުސްތާނީ ޓައިމްސް

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވި ސްރީދޭވީގެ ޝަރަފުގައި މާދުރީ ޑިކްސިޓް ނެށުމެއް ހުށަހަޅައިފި އެވެ.

ލަކްސް ގޯލްޑަން ރޯސް އެވޯޑްގައި މާދުރީ ނެށުން ހުށަހަޅައި ދީފައި ވަނީ ސްރީދޭވީ ގެ ލަވަ އެއް ކަމަށްވާ "ހަވާ ހަވާއީ" މި ލަވައަށެވެ.

އެ ލަވަ ހުށަހަޅައި ދިން އިރު މާދުރީ ލާފައި ވަނީ ކަޅުކުލައިގެ ވިދާ ހެދުމެކެވެ. އަދި އެނާގެ އަތުގައި ފިޔާތޮށި ކުލައިގެ ފަންކާ އެއް އޮތެވެ.

މީގެ އިތުރުން މާދުރީ ވަނީ ހެމާ މާލިނީގެ "ޑްރީމް ގާލް" އަދި ހެލަންގެ "ޔޭ މެރަ ދިލް" އަށާއި މާދުރީގެ ފިލްމެއްގެ ލަވަ އެއް ކަމަށްވާ " ތަމާ ތާމާ" ލަވައަށް ވެސް ނަށާފައެވެ.

މާދުރީ ގެ އިތުރުން ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު ވެސް އޭނާގެ ފިލްމް "ދަޅަކް" ގެ ކޯ ސްޓާރ އިޝާން ޚައްތަރު އާއި އެކު އެމީހުންގެ ފިލްމްގެ ލަވައަކަށް ނެށުން ހުށަހަޅައި ދީފައެވެ. "މި ސްޓޭޖް އަހަރެންނަށް ވަރަށް ޚާއްސަ، ސަބަބަކީ އަހަރެންގެ މަންމަ އަކީ ލަކްސް ސުޕަރ ސްޓާރ އެއް. ފުތަރަމަ ފަހަރަށް އެވޯޑް ނައިޓެގައި އަހަރެން ގެ ފޭވަރިޓް ކޯ ސްޓާރ އަދި ރައްޓެއްސެއް ކަމަށްވާ އިޝާން އާއި އެކު ފާރޕޯމް ކުރެވޭތީ ވަރަށް އުފާވޭ. އޭނާ އަކީ އަހަރެންނަށް އަބަދު ވެސް ވަރަށް ހިތްވަރުދޭ މީހެއް" ޖާންވީ ބުންޏެވެ.

މި އެވޯޑް ހަފްލާ އަށް ވަނީ އާލިއާ ބަޓް، ކަރީނާ ކަޕޫރު ޚާން، ކަރިޝްމާ ކަޕޫރު، އިސަބެއްލާ ކެއިފް ގެ އިތުރުން ގިނަ ތަރިން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް