23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އެމެރިކާގެ އިންޒާރު އިރާނަށް

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

  • ޕެންސް ވިދާޅުވީ އީރާނުގެ ހަރުކަށި ބަސްމަގަކީ ރައީސް އޮބާމާގެ ސަރުކާރާއި އިތުރު ފަސްބާރަކާއި އީޔޫއާއެކު އެއްބަސްވުމަކަށް އައި ނިއުކްލިއަރ އެއްބަސްވުމަށް ކުރާ މަލާމާތެއްކަމަށް
އަބުދުﷲ މުހައްމަދު | 8Abbo

| 7 ފެބުރުވަރީ 2017 | އަންގާރަ 18:25 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި
  8. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!


ޕެންސް ވަނީ އިރާނުން އެމެރިކާގެ އާ ރައީސް ޓެސްޓްނުކުރުމަށް ގޮވާލައްވާފައި -- ގޫގުލް

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިރާނާ މެދު ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އެޅިތާ ދުވަސްކޮޅެއްގެ ތެރޭގައި ނައިބް ރައީސް މައިކް ޕެންސް ވެސް އެގައުމަށް އިންޒާރު ދެއްވައިފިއެވެ.

 

އޭބީސީގެ ނިއުސް ޗީފް އެންކަރ ޖޯޖް ސްޓެފަނޯޕަލޮސް އަށް ދެއްވި އިންޓަވިއުއެއްގައި ޕެންސް ވަނީ އިރާނުން އެމެރިކާގެ އާ ރައީސް ޓެސްޓްނުކުރުމަށް ގޮވާލައްވާފައެވެ.

 

"ދިސް ވީކް" ޕްރޮގްރާމުގައި ޕެންސްވަނީ އިރާނުން ގެންގުޅޭ ހަނގުރާމަވެރި އަމަލުތަކާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ގޮވާލައްވާފައެވެ.

 

ޓްރަމްޕް ޓެސްޓް ކުރަން އިރާނުން ކުރަނީ ކޮންކަމެއްތޯ ޕްރެޒެންޓަރ އެހުމުން ޕެންސް ވިދާޅުވީ ބެލަސްޓިކް މިސައިލް ޓެސްޓް ކުރުމާއި ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނަށް ތައީދުކުރުން ކަމަށެވެ.


އެގައުމަށް އަޅާނީ ކޮން ފިޔަވަޅެއްތޯ އެހުމުން ޕެންސް ވިދާޅުވީ ހުރިހާ ކަމެއް ހުރީ މޭޒުމައްޗަށް ގެނެވިފައި ކަމަށް ރައީސް ވިދާޅުވި ކަމަށާއި އޭގެ ތެރޭގައި އަސްކަރީ ފިޔަވަޅު ވެސް ހިމެނޭ ކަމަށެވެ.

ޕެންސް ވިދާޅުވީ އީރާނުގެ ހަރުކަށި ބަސްމަގަކީ ރައީސް އޮބާމާގެ ސަރުކާރާއި އިތުރު ފަސްބާރަކާއި އީޔޫއާއެކު އެއްބަސްވުމަކަށް އައި ނިއުކްލިއަރ އެއްބަސްވުމަށް ކުރާ މަލާމާތެއްކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް