19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ފްލައިމީ ދަތުރުތައް

އައްޑޫ އާއި ފުވައްމުލަކު ދަތުރުތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދޭ: ފްލައިމީ

  • ފްލައިމީން ދަތުރު ކުރަނީ މާމިގިއްޔާއި ދަރަވަންދޫ އަށް އެކަނި
  • މިދަތުރުތައް ކުރާނީ މިމަހުގެ 23 އިން ފެށިގެން 27ގެ ނިޔަލަށް
ރިޒުނާ ޒަރީރު | RiznaZareer

| 19 ނޮވެންބަރު 2018 | ހޯމަ 20:05 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
  8. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި


ފްލައިމީގެ މަތިންދާ ބޯޓެއް -- ގޫގުލް

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވިލާ އެއަރގެ ފްލައިމީގެ ދަތުރުތައް ފަށަން ތައްޔަރުވެފައި ވާއިރު ފްލައިމީން ކުރިއަށްގެންދާ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން ފްލައިމީގެ އޮފިޝަލަކު ވިދާޅުވީ ނޮވެމްބަރ މަހުގެ 23 އިން ފެށިގެން 27ގެ ނިޔަލަށް ގަމާއި، ފުވައްމުލަކަށް ކޮންމެ ދުވަހަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ބުކިންގް ހަދާ އެންމެ ފުރަތަމަ 20 ކަސްޓަމަރުންނަށް އެއްކޮޅުގެ ޓިކެޓް 999 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި ފްލައިމީގެ ވެބްސައިޓް www.flyme.mv މެދުވެރިކޮށް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބުކިންގް ހެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފްލައިމީ އިން ބުނީ އައްޑޫ އަށް ކުރާ ދަތުރުތަކުގައި މާލެ އިން ފުރާނީ މެންދުރު 1 ޖަހާއިރު ކަމަށާއި ގަމުން ފުރާނީ މެންދުރު ފަހު 3 ޖަހާއިރު ކަމަށެވެ.

މީގެ އިތުރުން ފުވައްމުލަކަށް ކުރާ ދަތުރުތަކުގައި ފުވައްމުލަކަށް ދާނީ އިރުއޮއްސި 6 ޖަހާއިރު އަދި ފުވައްމުލަކުން ފުރާނީ ރޭގަނޑު 8 ޖަހާއިރު ކަމަށެެވެ.

ފްލައިމީ އިން އިތުރަށް ބުނީ އެ އެއަރލައިންގެ މަޤްސަދަކީ އޭވިއޭޝަން އިންޑަސްޓްރީ ކުރިއެރުވުން ކަމަށާއި އިތުރު މަންޒިލްތަކަށް ކުރިއަތް އޮތް ތާނގައި ދަތުރުތައް ފަށާނެ ކަމަށެވެ.

2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފްލައިމީ އިން ދެކުނަށް ވެސް ދަތުރުތައް ކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދެކުނަށް އަލުން ދަތުރުތައް ފަށަން މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ އެކިކަހަލަ ފިއްތުން ތަކާހުރެ، އެކަން ވަނީ އެ އެއަރލައިނަށް ކާމިޔާބު ވާގޮތް ނުވެފައެވެ.

މިހާރު ފްލައިމީން ދަތުރު ކުރަމުން ދަނީ އދ. މާމިގިއްޔާއި ބ. ދަރަވަންދޫ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް