19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ކެބިނެޓް ނިންމުން

ކޮމަންވެލްތާ އަލުން ގުޅުމަށް ކެބިނެޓުން ނިންމައިފި

  • އެގޮތަށް ނިންމެވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި
  • ކޮމަންވެލްތާ ގުޅުން ކަނޑާލީ ރައީސް ޔާމީންގެ ސަރުކާރުން
އަހުމަދު މުހުސިނު | dhonbandaara

| 19 ނޮވެންބަރު 2018 | ހޯމަ 14:35 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
  8. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި


ހޯމަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން -- ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިވެހިރާއްޖެއިން ގުޅުން ކަނޑާލާފައިވާ ކޮމަންވެލްތާ އަލުން ގުޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެބިނެޓުން ނިންމަވައިފިއެވެ.

ކެބިނެޓުން މި ގޮތަށް ނިންމެވީ ހޯމަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. 

ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ ކަމަކަށްވާއިރު އެކަން ކުރުމަށް ކެބިނެޓުން ނިންމަވާފައި މިވަނީ އެމަނިކުފާނު ހުވާ ކުރެއްވިތާ ދެވަނަ ދުވަހުއެވެ.

ކޮމަންވެލްތްގެ މެމްބަރެއްގެ ގޮތުގައި 34 އަހަރު ވަންދެން އޮތުމަށް ފަހު އެ ޖަމިއްޔާ އިން ދިވެހިރާއްޖެ ވަކިވީ، 2016 ވަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖަލީހުގެ ޖަލްސާގައި ފާސްކޮށްގެންނެވެ. ރައީސް ޔާމިންގެ ސަރުކާރުގެ ފަރާތުން އެ ބިލް ހުށައެޅީ ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން އުޅޭ ކަމުގެ ތުހުމަތުކޮށްފައެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ކޮމަންވެލްތުން ވަކިވާން ނިންމީ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

ކޮމަންވެލްތަކީ ޒަމާނުންސުރެ ރާއްޖެއަށް އެތައް ދާއިރާއެއްގައި އެހީތެރި ވަމުން ދިޔަ ޖަމްއިއްޔާއެކެވެ. ހާއްސަކޮށް ތިމާވެށީގެ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ވަނީ ފާހަގަ ކޮށްލެވޭ ވަރުގެ އެހީތެރިކަމެށް ފޯރުކޮށް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް