17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ކުރިން އެ މިސްކިތުގެ ހިރިގަލަށާއި ވަކަރުތަކަށް ފަރުވާދޭން ޖެހޭ: މިނިސްޓަރ ޔުމްނާ

  • ކަޅުވަކަރު މިސްކިތުގެ ބައިތައް މިހާރު ހުރީ ޤައުމީ ދާރުލްއާސާރުގައި
  • މިސްކިތް ހުރި ތަނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާރު ވަނީ ވިންޓަރ ޕާކެއް އަޅާފައި
ލައިޝާ އަހްމަދު | @LailaAhmeds

| 19 ނޮވެންބަރު 2018 | ހޯމަ 14:33 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކަޅުވަކަރު މިސްކިތުގެ ބައިތައް -- ޓްވިޓަރ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ކުރިން އެ މިސްކިތުގެ ބައިތަކަށް ފަރުވާދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކަޅުވަކަރު މިސްކިތުގެ ބައިތައް މިހާރު ހުރީ ޤައުމީ ދާރުލްއާސާރުގައި ކަމަށާއި، އެ މިސްކިތް އަލުން ރޭވުމުގެ ކުރިން އެ މިސްކިތުގެ ހިރިގަލަށާއި ވަކަރުތަކަށް ފަރުވާދޭން ޖެހޭނެ ކަމަށެވެ.

ސަލްޓަން ޕާކުގައި ކުރިން ހުރި ކަޅުވަކަރު މިސްކިތް ރޫޅާލުމަށް ފަހު އެތަނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިންޓަރ ޕާކެއް އަޅާފައިވާއިރު، ހޮނިހިރު ދުވަހު ރައީސް ކަމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަށްރަށުގައި ހުރި ތަރިކަ އާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަށް ހަރުދަނާ އުސޫލުތަކެއް ބައްޓަން ކުރައްވާނެ ކަމަށް އެމަނިކުފާނުވަނީ ވައުދުވެޑައިގެންފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް