23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:33

އަފްޣާނިސްތާން

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

  • އދން ބުނެފައިވާގޮތުގައި އެންމެ ގިނައިން މީހުން މަރުވެ އަދި ޒަޚްމްވެފައިވަނީ އައިޑީ އިންނާއި،ޖާނުންފިދާވެ ދިން ހަމަލާތަކުން
އަބުދުﷲ މުހައްމަދު | 8Abbo

| 7 ފެބުރުވަރީ 2017 | އަންގާރަ 17:28 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


އަފްޣާނިސްތާނުގައި އާއްމުން މަރުވަމުންދާ އަދަދުތައް އދން ރައްކާކުރަން ފެށީ 2009 ވަނަ އަހަރުން ފެށިގެން -- ގޫގުލް

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް މައްޗަށް ހިނގައްޖެއެވެ.

މީގެ ތެރޭގައި އައިއެސް ޖަމާއަތާ ގުޅުންހުރި ހަމަލާތަކުގައި އިތުރުވި ދހަ ގުނަ ވެސް ހިމެނެއެވެ.

އދ ގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ 2016ގައި  އާއްމުންގެ 3،498 މީހުން މަރުވެފައިވާ ކަމަށާއި 7،920 މީހުން ޒަޚަމްވެފައިވާއިރު މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 3 އިންސައްތައިގެ އިތުރުވުމެއްކަމަށެވެ.

ކުޑަކުދިން މަރުވި އަދަދު ނުވަތަ ޒަޚަމްވި އަދަދު ކުއާޓާއެއްގެ ތެރޭގައި އެންމެ މައްޗަށް އަރާފައިވެސްވަނީ މިދިއަ އަހަރުއެވެ.

އާއްމުން ދިރިއުޅޭ ސަރަހައްދުގައި ހަނގުރާމަވެރިންނާ ފައުޖުތަކުން އެއްގަމު މަގުން ހަނގުރާމަ ކުރަމުން ދިއުމަކީ އާއްމުން މަރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

 އދން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނެވި ޚާއްސަ ރެޕަޓުއާ ޓަޑަމީޗީ ޔަމަމޯޓޯ ސިފަކުރެއްވިގޮތުގައި އާއްމުން މަރުވަމުން ދިއުމަކީ ހިތްދަތި އަސަރުތަކެއް ކުރުވާ އަދި ހުއްޓުވިދާނެކަމެކެވެ.

ޒަޚަމްވި އަދި މަރުވި ގިނަ މީހުންގެ މަރުގެ ޒިންމާ އަދި ޒަޚަމްވުމުގެ ޒިންމާ ނަގަންޖެހެނީ ތާލިބާނުން ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އދން ބުނެފައިވާގޮތުގައި އެންމެ ގިނައިން މީހުން މަރުވެ އަދި ޒަޚްމްވެފައިވަނީ އައިޑީ އިންނާއި،ޖާނުންފިދާވެ ދިން ހަމަލާތަކުންނާއި،ރޭވިގެން ދެވުނު ހަމަލާތަކުންނެވެ.

އަފްޣާނިސްތާނުގައި އާއްމުން މަރުވަމުންދާ އަދަދުތައް އދން ރައްކާކުރަން ފެށީ 2009 ވަނަ އަހަރުން ފެށިގެންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް