23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ގަތަރު އެއާވޭސް

ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

  • ފްލައިޓް ކިއުއާރު 920 އޯކްލޭންޑްގައި ޖައްސާފައިވަނީ ފުރިތާ 16 ގަޑިއިރާ 23 މިނެޓަށްފަހު
އަބުދުﷲ މުހައްމަދު | 8Abbo

| 7 ފެބުރުވަރީ 2017 | އަންގާރަ 16:32 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ފްލައިޓް އޯކްލޭންޑްގައި ޖައްސާފައިވަނީ ފުރިތާ 16 ގަޑިއިރާ 23 މިނެޓަށްފަހު -- ގޫގުލް

ގަތަރު އެއާވޭސްއިން ބުނާ ގޮތުން، އެއްވެސް މަޑުނުކޮށްކުރާ ދުނިޔޭގެ އެންމެ ދިގު ވައިގެ ދަތުރު އެ  އެއާލައިނުން ދޯހާއާ އޯކްލޭންޑާ ދެމެދުފަށައިފިއެވެ.

އެ އެއާލައިނުން މިކަން އިއުލާނުކުރީ ދޯހާއިން އޯކްލޭންޑަށް އިތުރު އެއްވެސް މަންޒިލެއްގައި މަޑުނުކޮށް އެއާލައިނުން ދަތުރުކުރި ފުރަތަމަ ފްލައިޓް ޖެއްސުމަށްފަހުއެވެ.

ފްލައިޓް ކިއުއާރު 920 އޯކްލޭންޑްގައި ޖައްސާފައިވަނީ ފުރިތާ 16 ގަޑިއިރާ 23 މިނެޓަށްފަހު ހޯމަ ދުވަހުއެވެ.

މިއީ ލަފާކުރެވުނުވަރަށްވުރެ ތަންކޮޅެއް އަވަސް ވަގުތެކެވެ.

ބޯއިންގ 777-އެލްއާރު 200ގެ މި ބޯޓް ޖެއްސުމާއެކު ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަގާފަތާ އެއްގޮތަށް ބޯޓަށް މަރުހަބާ ކިއުމުގެ ގޮތުންވަނީ ފެންހޮޅިން ފެން ޖަހާފައެވެ.

ގަތަރު އެއާލައިންގެ އާ މަންޒިލަކީ ވަގުތުގެ ގޮތުން ބަލާއިރު އެންމެ ގިނަ ވަގުތު ހޭދަވާ މަންޒިލް ކަމަށްވީ ނަމަވެސް 14،535 ކިލޯމީޓަރުގެ މި ދަތުރަކީ ދުރުމިނުގެ ގޮތުން އެންމެ ދިގު ދަތުރެއް ނޫނެވެ.

އެއާއިންޑިއާއިން ބުނާގޮތުގައި އެ އެއާލައިނުން ދިއްލީއިން ސެންފްރެންސިސްކޯއަށް ކުރާ ދަތުރަކީ 15،127 ކިލޯމީޓަރުގެ ދިގުމިނުގެ ދަތުރެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް