17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަސް

ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ

  • އެޖެންޑާގެ ތެރެއިން ފުރަތަމަ 30 ދުވަހު ކުރަން ހަމަޖައްސާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ
  • 60 ދުވަހުގެ ތެރެގައި ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުން ކުރެޥޭ ގޮތައް ހަމަޖެއްސޭނެ

| 18 ނޮވެންބަރު 2018 | އާދީއްތަ 12:19 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


ކާށިދޫ މިސްކިތް -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތް ތަކުގައި ގުރުއާން ކިޔަވައިދޭން ފަށާނެކަމަށް އިއުލާން ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރެއިން ފުރަތަމަ 30 ދުވަހު ކުރަން ހަމަޖައްސާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުން ހިމެނެއެވެ. މީގެ އިތުރުން ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރެއިން، ފުރަތަމަ 60 ދުވަހުގެ ތެރޭގައި ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭ ގޮތައް ހަމަޖެއްސުން ހިމެނެއެވެ. ހަމަ އެއާއިއެކު ރައީސް ސޯލިހުގެ ފުރަތަމަ 90 ދުވަސް ތެރޭގައި ކަނޑައެޅޭ ވަކި މިސްކިތްތަކެއްގައި އަންހެނުންނަށް ފަސޭހަކަމާއިއެކު ނަމާދު ކުރެވޭނެގޮތް ހަމަޖެއްސުމާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖެގެ ހުރިހާ މިސްކިތްތަކެއް އޭސީ ކުރުމުގެ މަސައކަތްތައް ފެށުމަށް ވަނީ ހިމަނާފައެވެ.

ޒަމާނުއްސުރެން ރާއްޖޭގައި ގުރުއާން ކިޔަވަމުން އައީ ގުރުއާން ކްލާސްތަކަށް ގޮސްގެން ނުވަތަ ގުރުއާން ކިޔަވައިދޭ މީހަކު ކައިރިން އެކަމަށް ކަނޑައެޅޭ ފީއެއް ދައްކައިގެންނެވެ. ނަމަވެސް ސަރުކާރުން އިސްނަގައިގެން ރާއްޖޭގެ މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭ ގޮތައް ހަމަޖެއްސި މިއީ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

iyaadha

4 ހަފްތާކުރިން

thiya iyaadhakuraa hakathain mulhi gaumuves ac kuran feney.. Nasheeduge kokko thokamah onnaane kunfunyeh.. ehenveema hama faseyhavaane.. dhaulathun thikamah dhakkaa bill boduviyas

0
0