19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ފުރަތަމަ 100 ދުވަސް

ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!

  • ހަމަހަމަ އުޞޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރެވޭނެ
އަހުމަދު މުހުސިނު | dhonbandaara

| 18 ނޮވެންބަރު 2018 | އާދީއްތަ 01:07 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
  8. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި


ފްލެޓް ފޯމް ބަލައިގަންނަނީ - ފްލެޓް ދޫކުރި ގޮތާމެދު ރައްޔިތުން ކަންބޮޑުވޭ -- ފޮޓޯ: މުހައްމަދު ޝަރުހާން

ފްލެޓްތައް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައި އެންމެންނަށް ހަމަހަމަކަމާއެކު ފްލެޓް ދޫކުރުމަށް އައު ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ހާމަކޮށްފައިވާ އެޖެންޑާގައި ބުނެފައިވަނީ ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް ދޫކުރުމުގެ ސަބަބުން ފްލެޓް ޙައްޤުވެ އެހެންނަމަވެސް ނުލިބިވާ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅި އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެއެވެ. އަދި ހަމަހަމަ އުޞޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރެވޭނެ ކަމަށެވެ.

އެ އެޖެންޑާގައި ބުނެފައިވާ ގޮތުގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ ކަންތައްތަކުގެ ތެރޭގައި ފްލެޓަށް އެދެން ކިއުގައި ޖެހެން ނުޖެހޭނެ ނިޒާމެއް ޤާއިމްކުރެވޭނެ ކަމަށާއި ރާއްޖޭގެ އެކި ރަށްރަށުގައި ހަދާ ނިމިފައިވީ ނަމަވެސް ހަވާލުނުކޮށް ހުރި ފްލެޓްތައް ހައްޤުވާ ފަރާތްތަކާއި ހަވާލުކުރެވޭނެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ އަދަދެއް ކައުންސިލްތައް މެދުވެރިކޮށް އޮޅުންފިލުވާ މުޅި ރާއްޖޭގެ ހައުސިން ނީޑް އެސެސްމަންޓެއް ހަދައި އެންމެނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ މަޝްރޫއު ފެށޭނެ ކަމަށް ރައީސް އޮފީހުން ޢާއްމުކޮށްފައިވާ އެޖެންޑާގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ބެރިންމަދޫ ކުޑޭ

3 މަސް ކުރިން

ކޮންހަމަހަމކަމެއްގެވާހަކަ ދައްކަނީ ބަލަ ފުރަތަމަ ފިޔަވޅުއަޅަންވީނު ވެށިފެހި ޝިއާރުގެ ދަށުން އެމްޑީޕީ ހިންގި ޕްރޮގްރާމް ގައި ވަކިބަޔކައް އިންޓަވިއުއަށް ކިޔާފައި ، ވަކި ބަޔކައް ނުއަގުގައި ހުޅުމާލެއިން ބިންދޫކުރި ފަރާތްތަކާމެދުގައި . ޢެރުވެސް ކަންކުރިކީ އިންސާފަކުންނޫން، ޔާމީން ގެ ސަރުކާރުކާރުގައި ތިޔަކަން ކޮއްފައި އިންސާފަކުންނޫން.. ކަލޭމެން ހަދާން އެބަހުރިތަ މިހާރު އެމްޑީ÷ީގެ ނާއިބް ރައީސް ޓީޥީ މޯލްޑިވސްކައރީގައި އެމްޑީޕީ އިން ހަދައިގެން އުޅުނު ހަރުގޭގައި ކަރުން ނާރުނަގާފައި ހިމާރެއް ނެރޭފަދަ ގަދަޑަކުން "މި ޕާޓީ ގެ މީހުނައްދީފައި ބާކީވވިއްޔާ ނޫނީ އެހެންމީހަކއް ބިމެއް އަދި ފްލެޓެއްވެސް ނުލިބޭނެ " ކިޔާ ގޮވިއަޑު.. މުހުސިނޫ ކަލޭވެސް ތީ ޓީވީއެމް ގައި އުޅުނު ސޮރެއްދޯ ފަންނީ އެލަވެނސް އޭ ކިޔާފައި ތިޔަސޮރައްތަ އެމއެންބީސީ ގެ ޓެކްނިކަލް ސްތާފުންނައްވުރެން ފަންނީވެގެން ބޮޑު އެލއުންސެއްދިނީ

1
0
އައިޝާ

3 މަސް ކުރިން

ނުހައްގުން ރަށްރަށުގައި ތިބެގެން ނުބައި ޑޮކިއުމަންޓްސް ހުށަހަޅައިގެން ފްލެޓް ހޯދި ފަރާތްތައް އެއީ. އެއީ މުއިއްޒުގެ ޒިންމާއެއް އެއްނޫން. އެކަންތައް އިތުރަށް ބަލާނެ ވާހަކަ އާއި ކެންސަލްކުރާނެ ކަމަށއ ތި ލިޔުމުގަ އޮންނާނެ

1
0