19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

ފުރަތަމަ 100 ދުވަސް

ދައުލަތުގެ މުދަލާއި ފައިސާއަށްވެފައިވާ ޚިޔާނާތް ބަލާނެ ކޮމެޓީއެއް އުފައްދަވަނީ!

  • ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ކެމްޕެއިން ފެށޭނެ
  • މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު ހިންގޭނެ ގޮތަށް ޤާނުނުތައް އިސްލާޙްކުރަން މަޖިލިހަށް ހުށަހަޅާނެ
  • ނުހައްގު މުއްސަނދިވުން ހުއްޓުވުމަށް ޤާނޫނެއް މަޖިލިހަށް ހުށައެޅޭނެ
އަހުމަދު މުހުސިނު | dhonbandaara

| 18 ނޮވެންބަރު 2018 | އާދީއްތަ 00:28 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ނައިބް ރައީސް އަދި ހަތަރު ޕާޓީގެ ލީޑަރުން -- ފޮޓޯ: މުހައްމަދު ޝަރުހާން

ދައުލަތުންވެފައިވާ ޚިޔާނާތް ބަލާނެ ކޮމެޓީއެއް އުފައްދަވާ އެމަސައްކަތް 100 ދުވަހުގެ ތެރޭގައި ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަން އިއުލާން ކުރައްވާ ރައީސް އޮފީހުން ހާމަކުރައްވާފައިވާ އެޖެންޑާގައި ބުނެފައިވަނީ ބިދޭސީންނަށް ކޯޓާ ދޫކުރުމާއި އެ މީހުންނާ ގުޅޭ ކަންކަމުގައި ރިޝްވަތު ނެގުން ހުއްޓުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅެން ފެށޭނެ ކަމަށާއި ވިސްލް ބްލޮވިންގް ޤާނޫނު ރައްޔިތުންގެ މަޖިލިހަށް ފޮނުވޭނެ ކަމަށެވެ.

ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތާއި މަނީލޯންޑަރިންގ މައްސަލަތައް ބެލުމަށް ކޮމިޓީއެއް އުފައްދާ އެކަން ހޯދާ ބަލަން ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ނުހައްގު މުއްސަނދިވުން ހުއްޓުވުމަށް ޤާނޫނެއް މަޖިލިހަށް ހުށައެޅޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށާއި މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ހުރިހާ މީހުންގެއާއި އެމީހުންގެ އަނބި/ފިރިންގެ މުދަލާއި މާލީ ބަޔާން ހާމަކުރެވޭނެ ގަވައިދުން ރިވިއުކުރެވޭނެ ކަމަށް ރައީސް ސޯލިހް 100 ދުވަހުގެ ތެރޭގައި ކުރައްވާ ކަންކަމުގެ ގޮތުގައި ވަނީ އިއުލާން ކޮށްފައެވެ.

އާންމުންނަށް ޚިޔާލުހުށައެޅުމާއި ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ޕްލެޓްފޯމެއް ޤާއިމްކުރެވޭނެ ކަމަށާއި ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ކެމްޕެއިން ފެށޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަށް 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު ހިންގޭނެ ގޮތަށް ޤާނުނުތައް އިސްލާޙްކުރަން މަޖިލިހަށް ހުށައެޅުމާއި، ހުރިހާ އިންތިޚާބީ އަދި އައްޔަންކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އެންޓިކަރަޕްޝަން އަދި ގުޑްގަވަރނެންސް އާގުޅޭ ޕްރޮގްރާމެއް ހިންގުމުގެ އިތުރުން ރިޝްވަތު ހިފާ މީހާއާއި އެއްވަރަށް ރިޝްވަތުދޭ މީހާ ވެސް ކުއްވެރިވާގޮތަށް އެންޓިކޮރަޕްޝަން ޤާނޫނަށް ބަދަލު ގެނެވޭނެ ކަމަށް ވަނީ އެޖެންޑާގައި ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް