20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

ބޮލީވުޑް

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

  • މުޅި ސޯޝަލް މީޑިއާ އާއި ޓްވިޓަރގައި އަނުޝްކާއަށް  ވަނީ ތައުރީފް ކޮށްފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ފެބުރުވަރީ 2017 | އަންގާރަ 10:10 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ފިއްލޯޜީގައި ހަރަކާތްތެރިވާ ދެތަރިން -- ގޫގުލް

"ފިއްލޯރީ" ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން އެ ޓްރެއިލާ ބަލައިފި އެވެ.

 

ބޮލީވުޑް އެކްޓްރެސް އަނުޝްކާ ޝަރްމާ ޕްރޮޑިއުސްކޮށް، އެކްޓްކޮށްފައިވާ ފިލްމް "ފިއްލޯރީ" ގެ ފުރަތަމަ ޓްރެއިލާ ދައްކަން ފަށާފައި ވަނީ ހޯމަ ދުވަހު އެވެ.

 

މިޓްރެއިލާ ދައްކާލުމާއިއެކު ބޮލީވުޑް ސްޓާރުން މުޅި ސޯޝަލް މީޑިއާ އާއި ޓްވިޓަރގައި އަނުޝްކާ ކުޅެފައިވާ ރޯލަށް ވަނީ ތައުރީފް ކޮށްފައެވެ.

 

ޓްވިންކަލް ކަންނާއިން ފެށިގެން މަހީރާ ޚާން، ކަރަން ޖޯހަރު އަރުޖުން ރަމަޕާލް، ދިޔާ މިރްޒާ ވަނީ މި ޓްރެއިލާ ޝެއާކޮށް އަނުޝްކާއަށް ތައުރީފްކޮށް ވާހަކަ ދައްކަފައެވެ.

 

ނަމަވެސް އެންމެ ބެސްޓް ކޮމްޕްލިމެންޓެއް  އަނުޝްކާއަށް ލިބިފައިވަނީ އޭނާގެ ފުރަތަމަ ފިލްމް "ރަބްނޭ ބަނާދީ ޖޯޅީގެ" ކޯ ސްޓާ ޝާޚްރުކް ހާންގެ ފަރަތުންނެވެ.

 

މި ޓްރެއިލާ ރިލީޒް ކުރުމާއި އެކު އަނުޝްކާ  ވަނީ އޭނާއާއި އެކު ބަތަލެއްގެ ރޯލުން ފެނިގެން ދާ "އުޅުތާ ޕަންޖާބް" އިން ވިދާލި ޕަންޖާބީ ސުޕްރސްޓާ ދިލްޖިތު ދޮސަންޖް ފެނިގެންދާ ޕޯސްޓަރު ޓްވިޓާގައި ޝެއާކޮށްފައެވެ.

 

އަނުޝްކާ ޝެއާ ކޮށްފައިވާ ޕޯސްޓަރުގެ ކެޕްޝަން އަކަށް ޖަހާފައިވަނީ " ހިއާ ކަމްސް ދަ ބްރައިޑް... އިން ސްޕްރިޓް" އެވެ.

 

މި ފިލްމުގެ މުހިއްމު ރޯލަކުން "ލައިފް އޮފް ޕައި" ގެ ބަތަލު ސޫރަޖް ޝަރްމާ އާއި މެހްރީން ޕިރްޒަދާ ފެނިގެން ދާނެ އެވެ.

 

ރޫޚާނީ މީހެއް ގެ ގޮތުގައި "ޝާޝީ" ގެ ރޯލުން އަނުޝްކަ ފެނިގެންދާ ހެއްވާ މަޖާ ލޯބީގެ ތަފާތު ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ އަންޝާއީ ލާލް އެވެ.

 

މި ފިލްމް ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ 24 ގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް