19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް

ސުޕްރީމް ކޯޓަށް ބަދަލުތަކެއް ގެންނަަން ހުށަހެޅި އަގަކަށްވީ އަޅުގަނޑުގެ ސިޔާސީ ހަޔާތް ދުއްވާލުން: ނާޒިމް

  • ހުންނަވާނީ ފާރިސް މައުމޫނާއެކު
  • ކޯލިޝަނުގެ ބިންގާ އެޅުނު ހިސާބަކީ އިބްރާހީމް މުހައްމަދު ސޯލިހު އާއި ފާރިސް މައުމޫން ސިންގަޕޫރުގައި ބައްދަލު ކުރެއްވި ހިސާބުން
  • ސުޕްރީމް ކޯޓުން ވަނީ 25 އަހަރަށް ނާޒިމް ޖަލަށްލުމަށް ހުކުމް ކޮށްފައި
މުހައްމަދު ފަޒީން | phaxyn

| 17 ނޮވެންބަރު 2018 | ހޮނިހިރު 12:19 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ނާޒިމް -- ފޮޓޯ: މުހައްމަދު ފަޒީން

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރައްވައި، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އަބްދުﷲ ސައީދު ގެންނެވުމަށް ކުރެއްވި މަސައްކަތުގެ އަގަކަށްވީ ސިޔާސީ ހަޔާތް ދުއްވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްްޖެއެވެ.

ދެ އަހަރާއި 11 މަހާއި ހަތް ދުވަހު ރާއްޖޭން ބޭރުގައި އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށް ފަހު، ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ އޭނާއާ މެދު ރައީސް ޔާމީން ކަންކަން ކުރެއްވި ގޮތާއި، ޝަރީއަތް ހިންގާފައިވާ ގޮތުގެ އިތުރަށް ވެސް ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ.

"ހުލާސާކޮށް ބުނާ ކަމަށް ވަންޏާ އެ މައްސަލަ އެގޮތަށް ދިމާވީ، އަދި ޕީޖީ އެމައްސަލަ (ނާޒިމް ޖަލަށް ހުކުމް ކުރި މައްސަލަ) ސުޕްރީމް ކޯޓަށް ހުށަހެޅީ ވެސް ފަނޑިޔާރު އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރުކަމަށް އަންނަން ބޭނުންވެގެން ކުރެވުނު މަސައްކަތުގެ ތެރެއިން، ދެ ފަނޑިޔާރަކު އުނިކޮށްފައި އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރުކަން ހޯދަދޭން، ހުށަހެޅުއްވި ބަޔަކު ހުށަހެޅުއްވި އަގަކީ އަޅުގަނޑު ސިޔާސީ ހަޔާތް ނިމުމަކަށް ގެނައުން. އެގޮތަށް އެކަންވެގެން ދިޔައީ،" ރައީސް ޔާމީންގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެވާހަކަތަކުގެ ތަފްސީލްތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ. 

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު އާއި ފަނޑިޔާރު މުއުތަސިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަވައި، ސުޕްރީމް ކޯޓުގެ އޭރުގެ ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ދަށް ކުރުމަށް ފާސްކޮށް، ވަކިކުރައްވައި ދެ ފަނޑިޔާރުންގެ ގޮތުގައި އޭރުގެ އުއްތަމަ ފަނޑިޔާރު ފާއިޒު އާއި މުއުތަސިމް ވެގެންދިއުމެވެ. 

އެ ދެ ފަނޑިޔާރުން ވަކި ކުރެއްވުމަށް ފަހު، އުއްތަމަ ފަނޑިޔާރުގެ މަގާމަށް ވަޑައިގެންނެވީ ފަނޑިޔާރު އަބްދުﷲ ސައީދުއެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ބުނެ، ދައުވާތަކެއް އުފުލައި، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ސައީދު ވަނީ ވަކިކުރައްވާފައެވެ. 

މީގެ އިތުރުން ނާޒިމް ވިދާޅުވީ އޭނާ ރައީސް ޔާމީނާ ގުޅޭ ގޮތުން މި ހުރިހާ ދުވަހު އެއްޗެއް ވިދާޅު ނުވެ ހުންނެވީ، ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ދައުލަތުގެ ހުރިހާ ބާރެއް އެމަނިކުފާނުގެ އަތްޕުޅުގައި އޮތީމަ ކަމަށެވެ.

"އަޅުގަނޑަށް ހުކުމް ކުރުމުގެ ދެ ދުވަސްކުރިން ޔާމީން އަޅުގަނޑަށް މެސެޖްކުރެއްވި ވެއްޓިފައި އޮންނަ ފަތެއްވެސް ތިމަންނަ އެއްފުށުން އަނެއް ފުށަށް ނުޖަހާ ނަމޭ ނާޒިމަށް ގެއްލުމެއްވާ ގޮތަކަށް އެއީ ރައީސް ޔާމީން އަމިއްލަ ނަފްސަށް ހެއްދެވި އިތުރުފުޅެއް،" ނާޒިމް ވިދާޅުވިއެވެ. 

ނާޒިމް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުގައި މަސައްކަތް ކުރަމުންދާ އިރު، އޭނާ މަސައްކަތް ކުރައްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއެކު ކަމަށެވެ. 

"މިމަސައްކަތުގެ ބިންގާ އެޅުނު ހިސާބަކީ އަޅުގަނޑު ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވި ހިސާބުން. އިބްރާހީމް މުހައްމަދު ސޯލިހު އާއި ފާރިސް މައުމޫން ބައްދަލުވާނެ ގޮތް އަޅުގަނޑު ސިންގަޕޫރުގައި ހުރި އިރު ހަމަޖައްސަ ދިނިން. އެއީ މި ކޯލިޝަންގެ ބިންގާއެޅިގެން ދިޔަ ހިސާބަކީ،" ނާޒިމް ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް