24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ބޮލީވުޑް

ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ

  • އޭނާގެ ގައިގެ މަސްތައް ވަރުގަދަ ކުރަނީ ފެޓް އިތުރު ނުކޮށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ފެބުރުވަރީ 2017 | އަންގާރަ 10:03 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ސަންޖޭގެ ހަޔާތާއި ގުޅޭގޮތުން ތައްޔާރުކުރާ ފިލްމުގެ ތަރިން -- ގޫގުލް

"ޑަންގަލް" ގައި މަހާވިރު ސިންގް ޕޮގަޓްގެ ރޯލް ކުޅެން އާމިރު ޚާން ފަލަވި ގޮތަށް ސަންޖޭދަތުގެ ހަޔާތާ ގުޅޭ ފިލްމް ކުޅެން ރަންބީރު  ކަޕޫރު ފަލަވާން ފަށައިފިއެވެ.

 

ރާޖް ކުމާރީ ހިރާނީ ޑައިރެކްޓްކުރާ މި ފިލްމްގައި ސަންޖޭދަތުގެ ކެރެކްޓަރ އަށް ފިޓް ވުމަށް މިހާރުވެސް ރަންބީރު ވަނީ އޭނާގެ ކުރީގެ ބަރުދަނަށްވުރެ 13 ކިލޯ ބަރުވެފައެވެ.

 

މިފިލްމު ކުޅެން ރަންބީރު ހަށިގަނޑަށް ގެނައި ބަދަލާ ގުޅޭ ގޮތުން އޭނާގެ ޓްރެއިނަރު ކުނާލް ގިރް ބުނީ މި ފިލްމްގައި ރަންބީރު ތަފާތު ތިން ސިފައެއްގައި ފެނިގެންދާނެ ކަމަށެވެ.

 

އެއީ ގައިގައި ވަރުގަދައަށް މަސްޖަހާފައި ހުރި ހަށިގަނޑަކާއި, ބައްޓަމަށް ހަށިގަނޑު ހުއްޓައާއި, ސަންޖޭދަތު ރިހެބުގައި ހޭދަކުރި ދުވަސްވަރު ހަށިގަނޑުގެ ސިފައަށް އައިސްފައި ހުރި ބަދަލު ކަމަށެވެ.

 

ރަންބީރުގެ ހަށިގަނޑުގެ ބަރުދަނަށް 13 ކިލޯ އިތުރުވިޔަސް އޭނާގެ ގައިގެ މަސްތައް ވަރުގަދަ ކުރަނީ ފެޓް އިތުރު ނުކޮށް ކަމަށް ކުނާލް ބުންޏެވެ.

 

ރަންބީރުގެ ހަށިގަނޑަށް ބޮޑު ބަދަލުތަކެއް ގެނަމުއަށް ކޮންމެ ދުވަހަކު ދޮޅުގަޑިއިރު އިންޓެންސިވް ވޯކްއައުޓް ސެޝަނެއް ނަގާ ކަމަށާއި ދަންވަރު 3 ޖަހައިރު ހޭލައިގެން ޕްރޮޓީން ޝޭކެއް ބޮއެގެން ނިދާކަމަށް ކުނާލް ބުންޏެވެ.

 

މީގެ ކުރިން އޭނާގެ ކެއުމުގައި އެއްގަމު މަސް ބޭނުން ކުރި ނަމަވެސް މިހާރު މަސްކެއުން ވަރަށް މަދުކޮށްފައިވާ ކަމަށާއި ކެއުމުގައި ތަރުކާރީ ވަރަށް ގިނައިން ބޭނުން ކޮށް ގަޑިން ގަޑިއަށް ކާކަމަށް ކުނާލް ބުންޏެވެ.

 

ކުނާލް ބުނީ ސަންޖޭދަތާއި އެއްގޮތަށް ހަށިގަނޑުގެ ބަދަލު ކުރުމަކީ ފަސޭކަ ކަމެއް ނޫން ކަމަށާއި ނަމަވެސް ސަންޖޭދަތައި ވީހާވެސް އެއްގޮތަކަށް ރަންބީރު ހަށިގަނޑު ބަހައްޓަން ވަރަށް މަސައްކަތް ކުރާ ކަމަށެވެ.

 

ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމްގައި ސަންޖޭގެ ބައްޕަ ސުނީލް ދަތުގެ ރީލުން ފެނިގެން ދާނީ ޕްރޭޝް ރަވާލް އެވެ. އަދި 90 ގެ އަހަރު ތަކުގައި  ސަންޖޭދަތާއި ލޯބީގެ ގުޅުންތަކެއް އިތް ބަތަލާގެ ރީލުން ފެނިގެންދަނި ސޯނަމް ކަޕޫރެވެ. މީގެ އިތުރުން ސަންޖޭގެ މިހާރުގެ އަންހެނުން މާނިޔަތާގެ ފެނިގެންދަނީ ދިޔާ މިރްޒާ ފެނިގެންދާއިރު ނޫސްވެރިއެއްގެ ރޯލުން ފެނުގެން ދާނީ އަނުޝްކާ ޝަރުމާއެވެ.

 

މިފިލްމަށް އަދި މަނެއް ދީފައި ނުވާއިރު މި ފިލްމް ވެގެން ދާނީ ބޮލީވުޑް ސްޓާރެއްގެ ހަޔާތުގެ މައްޗަށް ތައްޔަރުކުރާ ފުތަރަމަ ފިލްމް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް