19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

ޔުއެފާ ނޭޝަންސް ލީގު

ނޭޝަންސް ލީގު: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ނެދަލޭންޑްސް އިން ދެވަނަ ބުރުގެ އުންމީދު އާކޮށްފި

  • ފްރާންސްގެ މައްޗަށް ނެދަލޭންޑްސް ކުރިހޯދީ 0-2 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 17 ނޮވެންބަރު 2018 | ހޮނިހިރު 04:19 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


ނެދަލޭންޑްސް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަަނީ -- ޓްވިޓަރ

ޔުއެފާ ނޭޝަންސް ލީގުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ނެދަލޭންޑްސް އިން ދެވަނަ ބުރަށް ކުރާ އުންމީދު އާކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ފްރާންސްއާ ވާދަކޮށް ނެދަލޭންޑްސް އިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ނެދަލޭންޑްސްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށްވެސް އެޓީމުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ހާފްގައި ފްރާންސަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނެދަލޭންޑްސް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 44 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖިއޮޖީނޯ ވައިނަލްޑަމްއެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ފްރާންސްގެ މައްޗަށް ނެދަލޭންޑްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ނެދަލޭންޑްސް އިންނެވެ. އެގޮތުން އެޓީމުން ދިޔައީ ފްރާންސްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

މި ހާފްގައި ފްރާންސުން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެހެންނަމަވެސް މި ހާފްގައިވެސް އެޓީމަށް އުފެއްދި ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ފްރާންސުން ލީޑު ފުޅާކުރީ އިތުރުވަގުތުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މެންފިސް ޑިޕޭއެވެ. އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 52 މެޗުގައި 41 ލަނޑު ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު ފްރާންސް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން މޮޅުވި ނެދަލޭންޑްސް ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށްފައެވެ. ތިންވަނައިގައި އޮތީ ތިން މެޗުން އެއް ޕޮއިންޓް ހޯދާފައިވާ ޖަރުމަނެވެ. ޖަރުމަން ވަނީ ރެލިގޭޓްވެފައެވެ.

އަންގާރަ ދުވަހު ޖަރުމަނާ ދެކޮޅަށް ނެދަލޭންޑްސް ކުޅޭ މެޗުން ނެދަލޭންޑްސް މޮޅުވެއްޖެނަމަ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ތަނަވަސްވާނެއެވެ. މި މެޗު އޮންނާނީ ޖަރުމަންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް