17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

އިންތިޚާބީ ރައީސް ހުވާ ކުރެއްވުން

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި 46 ގައުމެއްގެ އިއްޒަތްތެރިން ބައިވެރިވާނެ: ފޮރިން މިނިސްޓްރީ

  • ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ގަލޮޅު ދަނޑުގައި
ލީވާން އަލީ | MrLeevaan

| 17 ނޮވެންބަރު 2018 | ހޮނިހިރު 03:32 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


ފޮރިން މިނިސްޓްރީ -- ފޮޓޯ: މުހައްމަދު ޝަރުހާން

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އިންތިހާބީ ނާއިބް ރައީސް ފައިސަލް ނަސީމް ހުވާ ކުރައްވާ ރަސްމިއްޔާތަށް 46 ގައުމެއްގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގައި އޮންނަ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ނެރެފައިވާ ލިސްޓުގައި 17 އިއްޒަތްތެރި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމާރުތުންގާ ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ޗަންދްރިކާ ވަނީ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަންނަވާފައެވެ. މޯދީ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި 17 ބޭފުޅުންގެ އިތުރުން އެކި ގައުމުތަކުން އެމްބަސެޑެރުންނާއި، އޮފިޝަލުންނާއި ވިޔަފާރިވެރިންގެ އިތުރުން ބައެއް ލީޑަރުން ވެސް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ސައުދީ އަރަބިއްޔާ، ފަލަސްތީނު، ޕާކިސްތާނު، ސްރީލަންކާ، ޗައިނާ، ޖަޕާން، މޮރޮކޯ، އެމެރިކާ، ޝީޝެލްސް، މޮރިޝަސް، އަދި ޔޫއޭއީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު ހަވީރު 17:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި ރަސްމިއްޔާތުގައި 11،500 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް