17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

އިންތިހާބީ ރައީސް ސޯލިހު

ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް

 • އެތަން ތައްޔާރު ކުރީ ސިފައިން
 • ހުކުރު ދުވަހުގެ ރޭ ވެސް މަސައްކަތް ކުރިއަށް ގެންދިޔަ
 • ހުވާ ކުރައްވާނީ މަޖިލީހުގެ ޖަލްސާއެއްގައި
ޙުސައިން ޙަސަން | hucenhassan

| 17 ނޮވެންބަރު 2018 | ހޮނިހިރު 02:30 | |

މަގުބޫލް

 1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
 2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
 3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
 4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
 5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
 6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
 7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
 8. ފެނަކަ އެމްޑީއަކަށް ސައީދު


ގަލޮޅު ދަނޑުގައި ތައްޔާރުކޮށްފައިވާ މަޖިލީހުގެ މާލަން -- ފޮޓޯ: ރާއްޖެ އެމްވީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ރަސްމިއްޔާތަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ރައްޔިތުންގެ މަޖިލިސް ސިފަވާ ގޮތަށް ހާއްސަ މާލަމެެއް ތައްޔާރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާ މާލަން ސިފަވާ ގޮތަށް، ހާއްސަ މާލަމެއް ތައްޔާރުކޮށްފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގެ ހުޅަނގުފަރާތު ސްޓޭޖު ސަރަހައްދުގައެވެ. ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންނަށް ތިބެވޭ ގޮތަށް ގަލޮޅު ދަނޑުގެ ވިނަގަނޑާ ދިމާލުން ބައެއްގައި ވަނީ ފިލާ ޖަހައިގެން ސްޓޭޖެއް ވެސް ހަދާފައެވެ.

މިއަދު ހަވީރު 5:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެ މާލަން ތައްޔާރު ކުރީ ސިފައިންނެވެ. ހުކުރު ދުވަހުގެ ރޭ ވެސް ސިފައިން ވަނީ އެތަން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ހުކުރު ދުވަހުގެ ރޭ މެންދަމު ވެސް ދަނޑަށް ވަޑައިގެން ހުންނެވިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ މަޖިލީހުގެ ޖަލްސާއަށް މާލަން ތައްޔާރު ކުރުމުގައި ސިފައިން-- ފޮޓޯ/ ޙުސައިން ޙަސަން

އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ. މޯދީގެ އިތުރުން އެ ރަސްމިއްޔާތުގައި ބޭރުގެ 250 އަށް ވުރެ ގިނަ އިއްޒަތްތެރިން ރާއްޖެ ވަޑައިގަންނަވަން ވަނީ ފައްޓަވާފައެވެ. ދައުލަތުގެ އިއްޒަތްތެރިންނާއި ކައުންސިލަރުން ވެސް ބައިވެރިވެ ވަޑައިގަންނަވާ ރަސްމިއްޔާތުގައި ދައުވަތު އެރުވިގެން 12،000 ވުރެ ގިނަ މީހުން ބައިވެރިވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިންސާފު

4 ހަފްތާކުރިން

ކިތައް ބިލިޔަންތޯ ހަރަދުވީ؟

0
1
އެމީހާ

4 ހަފްތާކުރިން

what a waste

1
1
ނަންނުކިޔާ

4 ހަފްތާކުރިން

ހުރިހާ މީހުންނަކަށް ނުވަދެވޭތަ މިއަދު؟

1
1