19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އަހުމަދު މަހުލޫފް

މަހުލޫފަށް ޑިފެންޑާސް އޮފް ޑިމޮކްރަސީ އެވޯޑު ލިބިއްޖެ

  • އެވޯޑު އަރުވާފައި ވަނީ ޔޫކްރޭންގައި ބޭއްވި ހަފްލާއެއްގައި
ލީވާން އަލީ | MrLeevaan

| 17 ނޮވެންބަރު 2018 | ހޮނިހިރު 01:15 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
  8. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި


ރައްޔަތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް (ވ) -- ޓްވިޓަރ

ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން އިން ދޭ ޑިފެންޑާސް އޮފް ޑިމޮކްރަސީ އެވޯޑު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް އަރުވައިފިއެވެ.

ޔޫކްރެއިނުގެ ކިއެވްގައި ބޭއްވި އެ ހަފްލާއެއްގައި މަހުލޫފަށް އެރުވި އެ އެވޯޑަކީ ޑިމޮކްރަސީ އާއި ޑިމޮކްރަސީގެ އުސޫލްތައް ދިފާއު ކުރުމަށް މަސައްކަތް ކުރާ މީހުންނަށް ދޭ އެވޯޑެކެވެ.

މީގެ ކުރިން މި އެވޯޑް ލިބިފައިވާ މީހުންގެ ތެރޭގައި ޔަޒީދީ ދަރިކޮޅުގެ އެތައް ހާސް މީހުން މަރަމުންދިޔަ ދިޔުމާ ދެކޮޅަށް އަޑުއުފުލާފައިވާ ލަމިޔާ ބަޝާރް ހިމެނެ އެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ، ހުދުމުހުތާރު ކަމާއި، އަނިޔާވެރިކަން އަބަދު ދެމި ނޯންނާނެ ކަމަށާއި، މެލޭޝިއާ އާއި ރާއްޖެއަކީ އޭގެ މިސާލެއް ކަމަށެވެ.

އެގޮތުން ހުދުމުހުތާރު ސަރުކާރުތަކުން ކުށަކާނުލާ ހައްޔަރުކޮށްފައިވާ ސިޔާސީ ހައްޔަރީންނާއި ޑިމޮކްރަސީ އަދި އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން ދޫކޮށްލުމަށް މަހުލޫފް ވަނީ އެ ސަރުކާރުތަކަށް ގޮވާލައްވާފައެވެ.

ދާދި ފަހުން އެމްޑީޕީ އަށް ސޮއިކުރައްވާފައިވާ މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި އެވޯޑު އޭނާ ހާއްސަކުރާނީ އަނބިކަނބަލުން ނަޒޫ ނަސީމް އާއި ދަރިފުޅު އެލީ އާއި އާއިލާގެ މެމްބަރުންނާއި، އިންސާފު ހޯދުމަށް މަސައްކަތް ކުރަނިކޮށް ފުރާނަ ގޮސްފައިވާ ދިވެހި ރައްޔަތުންނާއި، އިންސާފު ހޯދުމަށް މަސައްކަތް ކުރަނިކޮށް ޖަލަށް ލާފައިވާ ދިވެހި ރައްޔަތުންނާއި، ޖުމްލަ ގޮތެއްގައި އިންސާފު ހޯދުމަށް މަސައްކަތް ކޮށްފައިވާ ހުރިހާ ދިވެހި ރައްޔަތުންނަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން، ސިޔާސީ މަސައްކަތް ފެއްޓެވި މަހުލޫފު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ. އަދި 2014 ވަނަ އަހަރު ޕީޕީއެމް ޓިކެޓުގައި ވާދަ ކުރައްވައި ބޮޑު އަގުލަބިއްޔަތަކުން، ދެ ވަނަ ފަހަރަށް ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި މަހުލޫފު ދިފާއު ކުރެއްވިއެވެ.

ރާއްޖޭގެ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް މަހުލޫފު ކުރެއްވި މަސައްކަތްޕުޅާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ، އެމްނެސްޓީ އިންޓަރނޭޝަނަލުން ކަނޑައަޅާފައި ވަނީ މަހުލޫފަކީ ޟަމީރުގެ ގައިދީއެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް