17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

ރައީސް ނަޝިދު

އަބްދުﷲ ޝާހިދު އަކީ ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް: ރައީސް ނަޝީދު

  • މެންބަރު ޝާހިދު 2008 އަކުން 2018 ގައި ޓްރާންސިޝަނަލް މަސައްކަތް ކޮށްދެއްވި
  • ރައްޔިތުން މަޖިލިސްގެ ރައީސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެއް
އަމްނާ އިމާދު | @amnabinthimad

| 16 ނޮވެންބަރު 2018 | ހުކުރު 23:25 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


އަބްދުﷲ ޝާހިދު ރައީސް ނަޝީދާއެކު -- ސޯޝަލް މީޑިއާ

އަބްދުﷲ ޝާހިދު ރައްޔިތުން މަޖިލީހުން އިސްތިއުފާ ދެއްވިއިރު ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއް ވިދާޅުވީ މެންބަރު ޝާހިދު 2008 އަކުން 2018 ގައި ޓްރާންސިޝަނަލް މަސައްކަތް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، ރައްޔިތުން މަޖިލިސްގެ ރައީސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ. 

ޝާހިދަކީ ނުހަނުގިނަ ޚިދުމަތް ރައްޔިތުންނާއި ދައުލަތަށް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅާގެ ޚިދުމަތް ރާއްޖެއަށް އަބަދު ވެސް ލިބޭނެކަން ޔަގީން ކުރައްވާ ކަމަށެވެ.

ޝާހިދު މަޖިލީހުން އިސްތިއުފާ ދެއްވީ 5 ދައުރުގެ ދައުރުގެ 25 އަހަރު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށްފަހުއެވެ. ޝާހިދު ވަނީ މަޖިލީހުގެ ރައީސްކަމުގެ އިތުރުން ވ. އަތޮޅުގެ މަޖިލިސް މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރުކަމާއި އަދި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ކަން ކުރައްވާފަ އެވެ.

މީގެއިތުރުން މިހާރު އެކުލަވާލާފައިވާ ފެހި ގާނޫނުއަސާސީއާއި އޭގެ ކުރިން އަމަލުކުރަމުން ދިޔަ ނޫގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް އަބްދުﷲ ޝާހިދު ވަނީ މަސައްކަތް ކުރައްވާފަ އެވެ. މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ޝާހިދު ފެނިވަޑައިގަންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއިންނެވެ. ނަމަވެސް ފެނިވަޑައިގަންނަވާނީ ކޮން މަގާމަކުން ކަމެއް ހާމައެއް ނުކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް