19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރައީސް ޔާމީން

ރައީސް ޔާމީން އަމިއްލަ ގެކޮޅަށް ބަދަލުވެވަޑައިގެންފި

  • ރައީސް ޔާމީން ދޫވެއްސަށް ބަދަލުވެވަޑައިގެންފައި މިވަނީ ވެރިކަމުގެ އެންމެފަހު ދުވަހު
އަމްނާ އިމާދު | @amnabinthimad

| 16 ނޮވެންބަރު 2018 | ހުކުރު 21:21 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
  8. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި


ރައީސް ޔާމީން ރައީސް އޮފީހުގައި -- ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ހ. ދޫވެއްސަށް ބަދަލުވެވަޑައިގެންފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާއިރު ރައީސް ޔާމީން ދޫވެއްސަށް ބަދަލުވެވަޑައިގެންފައި މިވަނީ ވެރިކަމުގެ އެންމެ ފަހު ދުވަހުއެވެ.

ހ. ދޫވެއްސަކީ ރައީސް ޔާމީންގެ ވެރިކަމުގައި، ގަލޮޅު އަލިކިލެގެފާނު މަގުގައި ހުރި އެމަނިކުފާނުގެ ގެކޮޅާއި ލާޖެއްސުމަށްފަހު އެމަނިކުފާނު ހޯއްދެވި ގެއެކެވެ.

ބޮޑުތަކުރުފާނު މަގުން ހެންވޭރު އާރޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ހ. ދޫވެހި އިމާރާތްކޮށް ނުނިމުނު ނަމަވެސް އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާ ވަނީ މުޅިން ނިންމައިފަ އެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވި ގ. ދޫވެހި ލާޖައްސާފައި ވަނީ ހ. ނޫފަރު ގެއާއެވެ. އެއަށް ފަހު ދެ ގޭގެ ނަން ވަނީ ބަދަލުކޮށްފަ އެވެ. ކުރިން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވި ގެއަކީ މިހާރު ގ. ނޫފަރެވެ.

ވެރިކަމުގެ ކުރީކޮޅު ގ. ދޫވެހީގައި ދިރިއުޅުއްވިނަމަވެސް، ދައުލަތުގެ ޚަރަދުގައި އެގޭގެ ބައެއް މަސައްކަތްތައް ކުރެއްވުމަށްފަހު ފަހުން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވީ އޭގެ ކުރިން އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދިރިއުޅުއްވި ދައުލަތުގެ ގެކޮޅުކަމަށްވާ ހިލާލީގޭގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް