17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

މޯދީ ރާއްޖެ ވަޑައިގަތުން

ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ

  • ސޯލިހު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައި
  • އިންޑިއާއިން އަބަދުވެސް އެދެނީ ރާއްޖެއަަށް ހަމަޖެހުމާއި ކުރިއެރުންކަމަށް ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 16 ނޮވެންބަރު 2018 | ހުކުރު 20:36 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ -- ގެޓީ އިމޭޖާސް

ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަމާ މާލެ ވަޑައިގަންނަވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މީގެ ކުޑައިރުކޮޅެއް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް މާދަމާގެ ވަގުތެއްގައި މާލެވަޑައިގަންނަވާނެކަމަށެވެ. އަދި އިންތިޚާބުގައި ސޯލިހު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުން  ދައްކައިދިނީ، ރައްޔިތުން ޑިމޮކްރެސީއަކަށް ބޭނުންވެފައި ތިބި މިންވަރުކަމަށެވެ.

އިންޑިއާއިން އަބަދުވެސް އެދެނީ ރާއްޖެއަަށް ހަމަޖެހުމާއި ކުރިއެރުންކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ކަމަށް މޯދީ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތައް 200އަށް ވުރެ ގިނަ ބޭރުގެ އިއްޒަތްތެރިން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް