17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

މާކޯ އެސެންސިއޯ

ޔުވަންޓަސް އަށް ބަދަލުވާން އެސެންސިއޯ ބޭނުންވޭ

  • އެސެންސިއޯ އަންނަނީ ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުން
އައިޝަތު ޝާނީ | Shaaknee

| 16 ނޮވެންބަރު 2018 | ހުކުރު 19:45 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


ރެއާލް އަށް ކުޅެމުން އަންނަ އެސެންސިއޯ -- ގެޓީ އިމޭޖާސް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މާކޯ އެސެންސިއޯ ޔުވަންޓަސް އަށް ބަދަލުވާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ޓުޓޯ ސްޕޯޓް އިން ބުނީ އެސެންސިއޯ ބޭނުންވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ޔުވަންޓަސް އަށް ކުޅެން ކަމަށާއި، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އޭނާ ޔުވަންޓަސް އަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 

އެސެންސިއޯ ރެއާލްގައި ދައްކަމުން އަންނަ މޮޅު ކުޅުމާއެކު އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިވެފަ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ އިތުރުން ސްޕެއިން އަދި އިޓަލީގެ ކްލަބްތައްވެސް ހިމެނެ އެވެ. 

މަޔޯކާއާއެކު 2013 ވަނަ އަހަރު ކެރިޔަރު ފެށި އެސެންސިއޯ ވަނީ އެޓީމުގެ ޖޫނިއާ ޓީމަށް 14 މެޗު ކުޅެދީ ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު އޭނާ ވަނީ އެ ކްލަބުގެ ސީނިއާ ޓީމަށް ބަދަލުވެ، ކުޅުނު ދެ ސީޒަނުގައި 56 މެޗު ކުޅެދީ ހަތް ލަނޑު ކާމިޔާބުކޮށްފަ އެވެ. 

މަޔޯކާ ދޫކޮށްލުމަށްފަހު ދެން އެސެންސިއޯ ބަދަލުވީ 2015 ވަނަ އަހަރު އެސްޕަނިޔޯލް އަށެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 37 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފަ އެވެ. 

އެސްޕަނިޔޯލްގައި ސީޒަނެއް ހޭދަކުރުމަށްފަހު 2016 ވަނަ އަހަރު އެސެންސިއޯ ބަދަލުވީ ރެއާލް އަށެވެ. އޭނާ ވިދާލާފައިވަނީ ރެއާލްއިންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 108 މެޗުގައި 23 ލަނޑު ކާމިޔާބުކޮށްފަ އެވެ. 

އެސެންސިއޯ ވަނީ ރެއާލްއާއެކު ސްޕެނިޝް ލަލީގާ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާކަޕް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް ދެފަހަރު ކާމިޔާބުކޮށްފަ އެވެ. 

ސްޕެއިން ގައުމީ ޓީމަށް 19 މެޗު ކުޅެދީފައިވާ އެސެންސިއޯ ވަނީ 2015 ވަނަ އަހަރު ބޭއްވުނު 19 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ސްޕެއިން ގައުމީ ޓީމާއެކު ކާމިޔާބުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް