19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

މަޑަވެލި-ހޯނޑެއްދޫ

މަޑަވެއްޔާއި ހޯނޑެއްދޫ ގުޅުވައިދޭ ކޯޒްވޭ ރައްޔިތުން ބޭނުންވޭ: ފިރުޝާން

  • މިކޯޒްވޭގެ ސަބަބުން ދެރަށަށް ވެސް ފައިދާ ލިބޭ
  • ކޯޒްވޭ އަޅާފައިވަނީ ޕްލޭންއާ އެގޮތަކަށް ނޫން
  • ކޯޒްވޭ ކަނޑާލީ ކޯޒްވޭ މަތިން، ހޯނޑެއްދޫއަށް ލޮނުގަނޑު އަރައި، ގިނަ ގެއްލުންތަކެއް ވާތީ
އަމްނާ އިމާދު | @amnabinthimad

| 16 ނޮވެންބަރު 2018 | ހުކުރު 19:35 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


ހޯޑެއްދޫ ކުރީގެ ކައުންސިލަރު ފިރުޝާން -- ރާއްޖެއެމްވީ

އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ސަރުކާރުން ތަރައްގީ ކުރަމުން ގެންދާ ކޯޒްވޭ ރައްޔިތުން ނުކުމެ ކަނޑާލި ނަމަވެސް މިކޯޒްވޭ މިދެރަށުގެ ރައްޔިތުން ބޭނުންވާ ކަމަށް ހޯޑެއްދޫ ކުރީގެ ކައުންސިލަރެއް ވިދާޅުވެއްޖެއެވެ.

މޫސުން ގޯސްވެ ހޯއްޑެއްދޫ ކޮޅަށް ރާޅުއަރާ ގެއްލުންވަމުންދާތީ އެރަށުގެ ރައްޔިތުން ނުކުމެ ވަނީ ކޯޒްވޭ ކަނޑާލާފައެވެ.

މިކޯޒްވޭއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ކުރީގެ ކައުންސިލަރ ފިރުޝާން ވިދާޅުވީ ކޯޒްވޭ އަކީ ހޯނޑެއްދޫއަށްށާއި، މަޑަވެއްޔަށް ވެސް މުހިންމު އެއްޗެއް ކަމަށާއި، މިކޯޒްވޭ ފައިދާ ދެރަށަށް ލިބޭ ކަމަށެވެ.

"ހޯނޑެއްދޫއަކީ ދަނޑުވެރި ރަށެއް. މަޑަވެއްޔަކީ މަސްވެރިރަށެއް. އިގްތިސާދީ ގޮތުން ވަރަށް ބޮޑު ގުޅުމެއް އުފެދޭނެ ކަމެއް ކޯޒްވޭ އޮތުމަކީ. އިގްތިސާދީ ގޮތުން ރަނގަޅު ކަންތައްތަކެއް ދެރަށަށް ވެސް ކުރާނެ ކަމެއް ކޯޒްވޭ އޮތީމަ. ދެރަށުގެ ރައްޔިތުން ބޭނުންވޭ. އެކަމަކު މިހާރު އޮތް ގޮތަށް ކޯޒްވޭ ބޭއްވުމަކީ ދެރަށަށް ވެސް އެކަމުގެ ގެއްލުންވާނެ،" ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ ކޯޒްވޭ މަސައްކަތްކޮށްފައިވަނީ ޕްލޭންއާ އެގޮތަށް ނޫން ކަމަށާއި، މިއީ ދައުލަތުން ކުރި ބޮޑު އިސްރާފެއް ކަމަށެވެ. މިމަޝްރޫއުގައި ވެސް ގޮތް ނޭނގޭ އެތައް ކަމެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ ތުހުމަތުތައް ފިރުޝާން ވަނީ ކޮށްފައެވެ.

ފިރުޝާން ވިދާޅުވީ ކޯޒްވޭ ބޭނުންވާ ކަމަށާއި، ބޭނުންވަނީ ޕްލޭންއާ އެގޮތަށް ތަރައްގީ ކުރާ ކޯޒްވޭއެއް ކަމަށެވެ. ކޯޒްވޭ އަޅާފައި އޮތީ ވަރަށް ތިރީގައިކަން ފާހަގަކުރައްވައި ފިރުޝާން ވިދާޅުވީ ރާޅުއަރާ މައްސަލަ ހައްލުކުރުމަށް ހައުސިން މިނިސްޓްރީން އެމްޓީސީސީއަށް އަންގާފައިވާ ކަމަށެވެ. އަދި ހޯއްޑެއްދޫއަށް ރާޅު އަރާ ދިމާލަށް ވެލިއަޅާ ރިވެޓްމެންޓް އެތަން ސަލާމަތް ކުރަން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

"ހާދޫ ކިޔާ ފަޅުރަށެއް އެރަށުގެ މެދުންލާފަ މަޑަވެލި ކޮޅުން ހޯނޑެއްދޫގެ އުތުރުކޮޅަށް ގުޅަން. އެހެން ގުޅާލީމަ މިވީ ގޮތަކީ އެދޭތެރެއަކީ ވަރަށް ބޮޑަށް އޮޔެ ދެމޭ ދޭތެރެއެއް. މަޑަވެލީގެ އުތުރުކޮޅަށް ކަނޑުއޮޅިއެއް އެއޮތީ. އަނެއްކޮޅަށް ހަމައެއްކޮށްފަރު . އެހެންވީމަ އެދޭތެރެއިން ވަރަށް ބޮޑަށް އޮޔެ ދެމޭ. ދެން އެދޭތެރެ ހަމައެއްކޮށް ބަންދުވީ. ވަރަށް ކުދިކުދި އޮޔެ ދެމޭ ދޭތެރެ ހަދާފަ ހުރީ،" ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ މޫސުން ގޯސްވާ ކޮންމެ ފަހަރަކު ހޯނޑެއްދޫއާ މަޑަވެއްޔަށް ރާޅު އަރާ ކަމަށާއި، ބޮޑަށް ގެއްލުން ވަނީ ހޯނޑެއްދޫ އަށް ކަމަށެވެ. އަދި އެރަށުގެ ބިން ތިރި ކަމަށް އޭނަ ވިދާޅުވިއެވެ.

ހޯނޑެއްދޫއަކީ ދަނޑުވެރިކަމަށް ބަރޯސާވެފައި އޮންނަ ރަށަކަށްވާއިރު، އެ ރަށު ރައްޔިތުން ދަނޑު ހައްދާ ސަރަހައްދަށް ލޮނު އަރަން ފެށުމުން، ކޯޒްވޭ ކަނޑާލަން މަޖުބޫރުވީއެވެ. 

ކޯޒްވޭގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ހޯޑެއްދޫ އާއި މަޑަވެލި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުން މަސައްކަތް ނިންމާ ގޮތަށް 29 މިލިއަން ރުފިޔާ އަށެވެ. މިދެރަށް ދެތެރޭ ހަދާ ކޯޒްވޭގެ ދިގުމިނަކީ 440 މީޓަރެވެ. އަދި ކޯޒްވޭގެ ފުޅާމިނުގައި ހަތް މީޓަރު ހުންނާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް