17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

އައިލެންޑް އޭވިއޭޝަން

އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަ ނުކުރެވެނީ ރަނގަޅަށް މެނޭޖް ނުކުރެވޭތީ: ތަޖުރިބާކާރުން

  • މޯލްޑިވިއަންގެ އަގުތައް މާބޮޑުކަމަށް ރައްޔިތުން ޤަބޫލުކުރޭ
ހައްވާ މުހައްމަދު | @hawwimd

| 16 ނޮވެންބަރު 2018 | ހުކުރު 19:35 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއް -- ގޫގުލް

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ފާއިތުވި ދުވަސްތަކުގައި އޮތީ މާ ބޮޑަށް ކަމަށާއި، އަގުތައް ބޮޑުވެފައި ވަނީ އެކަން ރަނގަޅަށް މެނޭޖް ނުކުރެވުމުން ކަމަށް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނެފިއެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތަކާއި ބެހޭ ގޮތުން ރާއްޖެ އެމްވީ. އަށް މައުލޫމާތު ދެއްވަމުން ޕްރައިވެޓް ސެކްޓްރގައި ޙަރަކާތްތެރިވާ ބައެއް ކޮންސަލްޓަންޓުން ބުނީ އަގުތައް އެ މިންގަނޑުގައި އޮންނަން ޖެހޭނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ރާއްޖެ އެމްވީ. އާއި ވާހަކަ ދައްކަވަމުން އޭވިއޭޝަން ދާއިރާގެ ކޮންސަލްޓެންޓެއް ކަމަށްވާ މުހައްމަދު ޖިނާހު ވިދާޅުވީ ޤައުމީ އެއަރ ލައިނަށް އެކިއެކި އިންސެންޓިވްސްތަކާއި، ސަބްސިޑީސްތަކާއި، ފައިދާތައް ލިބޭއިރު ޤައުމީ އެއަރ ލައިން އަކުން އާންމުންނަށް ދޭ ޚިދުމަތްތަކާއި ބަލާއިރު، ޚިދުމަތް ދެނީ މާ ބޮޑު އަގެއްގައި ކަމަށެވެ.

"މިއެއަރލައިންއަކީ ސްޓޭޓް އޯންޑް އެއަރލައިނަކަށްވެފައި، އަދި ބައިވަރު އިންސެންޓިވްސް އާއި، ބެނެފިޓްސް އަދި ސަބްސިޑީސް އާއި އެއްޗެހި ލިބިހުރެ، އަދި ޕަބްލިކް އަށް ދޭ ސާރވިސް އަކަށްވާއިރު އަގު ހުރީ ހުންނަން ޖެހޭ ވަރަށްވުރެ ވެސް މާ މަތީގަ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް މި ހުރީ މާ ބޮޑުކޮށް" ޖިނާހު ވިދާޅުވިއެވެ.

އެއަރ ލައިންއެއްގެ ޓިކެޓުގެ އަގުތައް ކަނޑައެޅެނީ އެ އެއަރލައިންގެ ރިޒަވޭޝަންގެ މައްޗަށް ބިނާކޮށް ނޫންކަމަށް ފާހަގަކުރައްވަމުން ޖިނާހު ވިދާޅުވީ، އަގުތަކަކީ ވަކި ރެވެނިއު މެނޭޖްމަންޓް ނިޒާމަކުން ކަނޑައެޅިގެން އަންނަ އެއްޗެއް ކަމަށާއި، އަގު ކުޑަ ނުކުރެވެނީ މި ނިޒާމު ރަނގަޅަށް ބެލެހެއްޓިފައި ނުވާތީ ކަމަށެވެ. މީގެ އިތުރުން އެކަމަށް ޤާބިލު ބޭފުޅުން ނެތުމަކީ ވެސް މިކަމުގެ ސަބަބެއް ކަމަށް ޖިނާހު ފާހަގަކުރައްވާފައި ވެއެވެ.

އެތެރޭގެ އުދުހުން ތަކުގެ އަގު ދަށް ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅާއި ބެހޭގޮތުން ޖިނާހު ވިދާޅުވީ އެކަން ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ޤަބޫލު ކުރައްވާ ކަމަށާއި، އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. އެގޮތުން ޤައުމީ އެއަރ ލައިންގެ ރެވެނިއު މެނޭޖް ކުރުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމު ކުރެވިއްޖެނަމަ އަގު ދަށް ކުރެވޭނެ ކަމަށް ޖިނާހު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް