19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ފްލެޓް މައްސަލަ

ފްލެޓް ލިބުނުކަމުގެ ލިޔުން ހޯދަން އަނެއްކާވެސް ކިޔޫ ހަދައިފި!

 • ވަރަށް ގިނަ އަދަދެއްގެ އާންމުން އެ މިނިސްޓްރީގައި އެބަތިިބި
 • އެމީހުން އެތަނަށް އެއްވީ ހަވީރު 3 ޖެހިއިރު
 • ބައެއް މީހުންނަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައި
ސިމާހާ ނަސީމް | sim_kamana

| 16 ނޮވެންބަރު 2018 | ހުކުރު 19:29 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
 6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 7. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
 8. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި


އެ ސަރަހައްދަށް އެއްވެ ތިބި މީހުން ހިތްހަމަނުޖެހިގެން މިނިސްޓްރީ ބިއްލޫރިގަނޑު ތަޅާލަނީ -- ރާއްޖެއެމްވީ

"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށްޓަކައި ގިނަ އަދަދެއްގެ އާންމުން އެ ސަރަހައްދުގައި ކިޔޫ ހަދައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު 3 ޖެހިއިރު ހައުސިންގް މިނިސްޓްރީގައި ގިނަ އަދަދެއްގެ އާންމުން ކިޔޫ ހަދާފައިވާއިރު އެ ސަރަހައްދުގައި އެއްވެ ތިބި އާންމުން ވަނީ ޝަކުވާކޮށްފައެވެ. އެގޮތުން ފްލެޓް ލިބުނު ލިސްޓުގައި ނަން އޮތްކަމުގައިވީ ނަމަވެސް މިނިސްޓްރީ އަށް ދިޔުމުން ނަން ނެތްކަމަށް ބުނެ ފޮނުވާލާފައިވާ ކަމަށް އެ މީހުން ބުންޏެވެ. އެ ސަރަހައްދަށް އެއްވެ ތިބި މީހުން ވަނީ އެތެރެއަށް ނުވަދެވިގެން މިނިސްޓްރީގެ ބިއްލޫރި ދޮރު ވެސް ތަޅާލާފައެވެ.

ފްލެޓްގެ ލިޔުން ދޫކުރުމާއި ބެހޭ ގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލެޓްގެ ލިޔުން ހަވާލުކުރުން ހުކުރު ދުވަހުގެ ރޭ 12 ޖެހުމާއި ހަމައަށް ނު ނިމިއްޖެ ކަމަށްވާނަމަ ހޮނިހިރު ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް ހުއްޓާނުލާ އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އެކަމަށް އެޓާނީ ޖެނެރަލްގެ ލަފާ ލިބިފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ކުރަމުން އަންނަ ހަމައެކަނި މަސައްކަތަކީ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުން ކަމަށާއި ބާކީ ހުރި މަސައްކަތްތައް ކުރާނީ އެޗްޑީސީ އިން ކަމަށެވެ. އެގޮތުން ފްލެޓްތަކުގެ އެގްރީމެންޓް ހެދުމާއި އެ ނޫން ވެސް ފްލެޓާ ގުޅޭ ކަންކަން ނިންމާނީ އެޗްޑީސީން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ "ހިޔާ" މަޝްރޫއުގެ ދަށުން މިހާރު ތަރައްގީކުރަމުން އަންނަ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް މި އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި ނިމި އެތަންތަނަށް ވަދެވޭ ވަރުވާނެ ކަމަށް ކޮންޓްރެކްޓަރުންނާ ހަވާލާދީ އެޗްޑީސީން ބުނެފައިވާ ކަމަށެވެ. އެ ފްލެޓްތައް ތަރައްގީކުރަނީ 25 ބުރީގެ 16 ޓަވަރުގައި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރާ މި ތަންތަނުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ފްލެޓްތަކުގެ ލިޔުން ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަން ފަށާފައިވާ އިރު ފްލެޓްތައް ދިން ގޮތާ މެދު ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ލިސްޓް ފައިނަލްކުރި އިރު ހަމައެކަނި ދީފައިވާ މައުލޫމާތުތަކަށް ބަރޯސާވެ އެކަށީގެންވާ ވަރަށް ޗެކްކޮށްފައި ނެތުމާއި އެއް ޝަރުތުތަކެއް ހަމަވި ނަމަވެސް އެއް ބަޔަކަށް ލިބިފައި އަނެއް ބަޔަކަށް ފްލެޓް ނުލިބުމުގެ މައްސަލަ ވެސް ފާހަގަކުރެވިފައި ވެއެވެ. އަދި މީގެ ކުރިން ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ޓާޓާ ފްލެޓަކުން ބައެއް އޮފީސްތަކާއި ދާއިރާތަކަށް ހާއްސަކުރި ފްލެޓް މިހާރު ލިބިފައިވާ ފަރާތްތައް ވެސް ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓްގައި ހިމެނިފައިވުން ފަދަ ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައި ވެއެވެ. މީގެ އިތުރުން ސަރުކާރު ބަދަލުވާން އެންމެ ދުވަހަކަށް ވެފައިވަނިކޮށް އަވަސް އަރުވާލައިގެން ފްލެޓްތަކުގެ ލިޔުން ދޫކުރާތީ ވެސް ގިނަ ބަޔަކު ދަނީ އެކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް