19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

އަހުމަދު އަދީބު

އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި

  • އަދީބުގެ ވާތް ފަރާތުގެ ކިޑްނީ ވަނީ ދުޅަވެފައި
އަމްނާ އިމާދު | @amnabinthimad

| 15 ނޮވެންބަރު 2018 | ބުރާސްފަތި 23:10 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


މިފޮޓޯގެ ވާތް ފަރާތުން އެފެންނަނީ ތާށިވެފައިވާ ހިލަކޮޅު -- ސޯޝަލް މީޑިއާ

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅެއް ފެންނަ އެކްސްރޭއެއް އާންމުކޮށްފިއެވެ.

މިއެކްސްރޭ އާންމުކުރުމަށްފަހު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދޭން ފެށީއްސުރެ އަދިވެސް އެހިލަކޮޅު ދައުރު ނުވާ ކަމަށެވެ. މިކަމުގެ ސަބަބުން އަދީބުގެ ވާތް ފަރާތުގެ ކިޑްނީ ވަނީ ދުޅަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބުގެ ސިއްހީ ހާލަކޮޅާއި މެދު ކަރެކްޝަން ސަރވިސްގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަމަށް ވިދާޅުވެ، އެމައްސަލަ ބަލައިދިނުމަށް އެދި ނަޝްވާ ވަނީ އެޗްއާރްސީއެމަށް ހުށަހަޅުއްވާފައެވެ. އަދި މިހާރު އަދީބުގެ ސިއްހީހާލުކޮޅާއި ބެހޭ ގޮތުން ޑޮކްޓަރުން ދެއްވި ލިޔުންތައް އެޗްއާރްސީއެމްއަށް ހުށަހަޅާފައިވާ ކަމަށް ނަޝްވާ ވިދާޅުވިއެވެ.

މީގެ އިތުރަށް ނަޝްވާ ވިދާޅުވީ ކިޑްނީގެ ހިލަ ދައުރުވުމާއި ގުޅިގެން ބަނޑުގައި ރިއްސަން ފެށިވަގުތާއި އަދި އެޑްމިޓް ކުރުމާއި ހަމައަށް ދޫނިދޫގައި ކަރެކްޝަނުން އަދީބާއި ދޭތެރޭގައި އަމަލުކުރިގޮތުގެ ބަޔާން އަދި އެޑްމިޓް ކުރެވުނު ވަގުތުން ފެށިގެން ބޭސްފަރުވާގެ ކަންކަމުގައި ކަރެކްޝަނުން އަމަލުކުރި ގޮތުގެ ބަޔާން ނަގާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ވާންޗޯ

1 މަސްކުރި

ކިހިނެތް އިގެނި މިއަކީ އަދީބުގެ އެކްސްރޭ ކަމެއް.

0
0