22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ދިވެހި ފިލްމް

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

  • މިހާރު ވިއްކަމުންދަނީ  ފުރަތަމަ ފަސް ޝޯގެ ޓިކެޓު
  • މާޗް 1 ގައި މީޑިއާ ތަކަށް ޚާއްސަ ސްކްރީނިންއެއް ބާއްވަން ނިންމުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ފެބުރުވަރީ 2017 | އަންގާރަ 05:11 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު


"މަލިކާ"ގެ ޕްރޮމޯޝަނަލް ޕޯސްޓަރު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އަންނަ މާޗް މަހުގެ ދެވަނަ ދުވަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ "މަލިކާ" އަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފިލްމްގެ މާކެޓިން ހެޑް ހުސައިން ނޫރައްދީން ބުނެފިއެވެ.

 މައުލޫމާތު ދެމުން ނޫރު ބުނީ މި ފިލްމުގެ ޓިކެޓް އާދިއތް ދުވަހު ވިއްކަން ފަށާފައިވާއިރު މި ފިލްމަށް ހީކުރި ވަރަށްވުރެ ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

 މި ފިލްމުގެ ޖުމްލަ 20 ޝޯ ދެއްކުމަށް ނިންމާފައިވާ ކަމަށާއި  ނަމަވެސް މިހާރު ވިއްކަމުންދަނީ  ފުރަތަމަ ފަސް ޝޯގެ ޓިކެޓު ކަމަށްވެސް އޭނާ ބުންޏެވެ.

 އަންނަ މާޗް މަހުގެ 2 ގައި ފިލްމް ޕްރިމިއާ ކުރުމުގެ ކުރިން މާޗް 1 ގައި މީޑިއާ ތަކާއި ދައުވަތު ދެވޭ ފަރާތަކަށް ފިލްމްގެ ޚާއްސަ ސްކްރީނިންއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މާރޗް 2 އިން 20 އަށް އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޕްރިމިއާ ޝޯގެ ޓިކެޓްގެ އަގަކީ 200 ރުފިޔާ އެވެ. އަދި  އިތުރު ޝޯތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާ އަށެވެ.

އަހުމަދު ނާސިރު ( މައްލާ) އާއި އިބްރާހިމް ރަޝީދު (އިއްބެ) ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމަކީ ބިންމާ އިބްރާހިމް ވަހީދު ލިޔެފައިވާ އާއިލީ ލޯބީގެ ހަދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

މި ފިލުމްގައި ހިމެނޭ ތަރިންގެ ތެރޭގައި ފިލްމީ ދާއިރާއަށް އަލަށް ތައާރފްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި މަރިޔަމް ޝަކީލާ، އިސްމާއިލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އަސިމް، ފާތިމަތު އާޒިފާ، ޖުމައްޔިލް ނިމާލް، އަލީ އާޒމް، ސުޖީތާ އަބްދުﷲ އަދި އަހުމަދު ޝާކިރު ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް