17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރާއްޖެޓީވީ

ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ

  • މިފައިސާ އަނބުރާ ހޯދުމަށް އިސްތިއުނާފަށް ވަނީ ހުށަހަޅާފައި
ރިޒުނާ ޒަރީރު | RiznaZareer

| 15 ނޮވެންބަރު 2018 | ބުރާސްފަތި 14:23 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަލީމް -- ފޮޓޯ: މުހައްމަދު ޝަރުހާން

ރާއްޖެޓީވީ ޖޫރިމަނާކުރި ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށް ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމް ރާއްޖެޓީވީ އަށް ކުރެއްވި ޒިޔާރަތުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ތަފާތު އެކި ފަހަރުމަތިން ރާއްޖެޓީވީ ވަނީ 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ކަމަށާއި އެހެންކަމުން މި ފާއިސާ އަނބުރާ ހޯދުމަށް މިހާރު އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން މި ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށާއި މިގޮތަށް ނިންމީ ރާއްޖެޓީވީ ޖޫރިމަނާ ކުރި ކޮންމެ ފަހަރަކު މިފާއިސާ ދެއްކުމަށް ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑަށް ލިބިފައި ވާތީ އަނެއްކާ ވެސް އެހީތެރިކަމެއް ބޭނުންވެފައި ތިބި ފަރާތްތަކަށް މި ފާއިސާ ހަދިޔާކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.

ފައިސަލް ރާއްޖެޓީވީ އަށް ވަޑައިގެންނުވަމަކީ ތަނުގެ މެނޭޖްމަންޓާއި ސްޓާފުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ އަލަށް އަންނަ ސަރުކާރުން މީޑީޔާތަކަށް ދޭ އަހަމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

އެގޮތުން ސަލީމް ވިދާޅުވީ އަލަށް މި އުފެދޭ ސަރުކާރުން މީޑިޔާ މިނިވަންކަމާއި، މީޑިޔާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް