17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

ޑރ ޝަހީމް

އައިޔޫއެމްގެ ޗާންސެލަރގެ މަގާމުން ޑރ. ޝަހީމް އިސްތިއުފާދެއްވައިފި

  • ސިޔާސީ މައިދާނަށް ނުކުންނަވާ މަސައްކަތްތައް ފައްޓަވާނެ ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައި
ހައްވާ މުހައްމަދު | @hawwimd

| 15 ނޮވެންބަރު 2018 | ބުރާސްފަތި 11:50 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


މުހައްމަދު ޝަހީމް އަލީ ސައީދު އައިޔޫއެމްގެ ޗާންސެލަރކަމުން ވަނީ އިސްތިއުފާދެއްވާފައި -- އައިޔޫއެމް

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރކަމުގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާދެއްވައިފިއެވެ.

އިސްތިއުފާދެއްވުމަށް ފަހު ޝަހީމް ވިދާޅުވެފައި ވަނީ "މަގާމްގައި ނެތް ކަމުގައި ވިޔަސް އިސްލާމްދީނާއި ދިވެހި ގައުމާއި އިސްލާމީ އުއްމަތަށް ހިދްމަތްކުރުންމަތީ ދެމި ހުރުމަކީ ފަހު ނޭވަޔާއި ހަމައަށް ވެސް ހަޔާތުގެ އެންމެ މަތިވެރި އަޒުމް" ކަމަށެވެ.

މި ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޝަހީމް އިސްތިއުދެއްވާފައިވާއިރު، ރައީސް ޔާމީން އައްޔަންކުރެއްވި ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން، މަގާމުތަކުން އިސްތިއުފާދެއްވުމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވުމުން ވެސް ޑރ. ޝަހީމް އިސްތިއުފާ ދެއްވާނެ ކަމަށް އޭރު ވިދާޅުވިއެވެ. ނަމަވެސް ފަހުން އެނިންމުން ބަދަލުކުރައްވާ މަގާމުގައި ދެމިހުންނެވިއެވެ. ޔުނިވަރސިޓީގެ ޗާންސެލަރެއްގެ މަގާމުގައި ހުންނަވާ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާތީ އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ޑރ. ޝަހީމަށް ކުރިމަތިވިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބޮޑުތަކުން ބަލިވުމާއި ގުޅިގެން ޑރ. ޝަހީމް ސިޔާސީ އެއްވެސް ހަރަކާތަކުން ނުފެނެއެވެ. ނަމަވެސް ދާދި އަވަހަށް ސިޔާސީ މައިދާނަށް ނުކުންނަވާ މަސައްކަތްތައް ފައްޓަވާނެ ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް