
| 14 ނޮވެންބަރު 2018 | ބުދަ 23:41 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މެލޭޝިޔާގެ ކުއަލަމްޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަނބިކަނބަލުންނާއި އެކުގައި އެނބުރި ރާއްޖެ ވަޑައިގެންފައިވާ ކަމަށާއި، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގަތް އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އެގޮތުން އެމްއާރްއެމްގެ އިސް ބޭފުޅުންނާއި، ސަޕޯޓަރުންނާއި ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް އެމަނިކުފާނުގެ ޓްވީޓުގައި ޝުކުރު އަދާކޮށްފައިވެއެވެ.
ރައީސް މައުމޫނު މިދިޔަ މަހު 23 ގައި ބޭސްފަރުވާއަށް ފުރާވަޑައިގަތީ ތަޙުޤީޤަށް އެމަނިކުފާނުގެ ފޯނު ނުދިން މައްސަލައިގެ ޖަލު ހުކުމުން މިނިވަންވުމާއެކުގައެވެ. އެގޮތުން ޖަލުގައި ހުންނެވި އިރުވެސް އެމަނިކުފާނުގެ ސިއްޙީ ހާލަތު ގޯސްވެ ޖަލަށް ޑޮކްޓަރުން ގެންގޮސްގެން ފަރުވާދޭން ޖެހިފައި ވެއެވެ.
ރައީސް މައުމޫނު މެލޭޝިޔާގައި ހުންނަވަނިކޮށް ދަރިކަލުން ފާރިސް މައުމޫނާއި، އަންހެން ދަރިކަނބަލުން ޔުމްނާ މައުމޫނު އަދި ދުންޔާ މައުމޫނުވެސް ވަނީ މެލޭޝިޔާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް