19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

ޓްރާންސިޝަން ކޮމިޓީތައް

ކުއްޔަށް ދޫކުރި ރަށްތަކެއް ބުނެއެއް ނުދިން: ޑރ މައުސޫމް

  • ދޫކޮށްފައި ހުރި އަދި ދޫނުކުރަނީ ކޮން ރަށްތަކެއް ކަމެއް ނޭނގޭ
  • ބިދޭސީން އެތެރެވުމުގެ ކޮންޓްރޯލް ވަނީ ގެއްލިފައި
  • ކުޅުދުއްފުށީ އެއަރޕޯޓް ހުޅުވީ އެއްކޮށް ނުނިމެނީސް
އަހުމަދު މުހުސިނު | dhonbandaara

| 14 ނޮވެންބަރު 2018 | ބުދަ 19:14 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


ރާއްޖޭގެ ރިސޯޓެއް -- ގޫގުލް

ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ އަދި ދޫނުކޮށް ހުރި ރަށްތަކަކީ ކޮބައިކަން ޓޫރިޒަމް މިނިސްޓްރީ ބުނެ ނުދިންކަމަށް ޑރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ބަދަލުވާއިރު މިނިސްޓްރީތަކުގެ މައުލޫމާތު ސާފުކުރުމަށް ހަދާފައިވާ އިކޮނޮމިކް ކޮމެޓީތަކުގެ ސަބްކޮމެޓީގެ ވެރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޑރ ޢަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކުއްޔަށް ދީފައިހުރީ ކޮން ރަށްތަކެއްތޯ ބަލަން އެދުނު ކަމަށާއި ނަމަވެސް އެމައުލޫމާތު ދީފައި ނުވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީންވެސް ދީފައިވަނީ އެމިނިސްޓްރީން ދޭން ބޭނުންވި މައުލޫމާތެއް އެކަނިކަން ފާހަގަ ކުރައްވަމުން ޑރ މައުސޫމް ވިދާޅުވީ ޓޫރިޒަމްގެ ހަތަރުވަނަ މާސްޓަރ ޕްލޭން އެކްސްޕަޔަރ ވެފައިވާއިރު 5 ވަނަ މާސްޓަރ ޕްލޭން ހެދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ނުވާކަމަށެވެ. އަދި ޓޫރިޒަމާ ގުޅޭކަންކަން ޒަމާނާ އެއްގޮތަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށާއި ޓޫރިޒަމް ޕްރޮމޯޓް ކުރަން އުފެއްދި އެމްއެމްޕީއާރުސީގެ މުއާމަލާތުގެ ސަބަބުން އެކަން ކިލަނބުވެފައި ވާކަމަށްވެސް މައުސޫމް ވިދާޅުވިއެވެ. ނަމަވެސް އެކަމަށް އާކުންފުންޏެއް ހަދާފައި ނުވާކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އެކިއެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތައް އަދި ފަރުތަކަކީ ކޮބައިކަން ހޯދަން އެދުނު ކަމަށާއި ނަމަވެސް އެމައުލޫމާތު ދީފައި ނުވާކަމަށެވެ. އެހެންކަމުން 300 އެއްހާ ރަށާއި ފަޅުފަދަ ތަންތަން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާއިރު ދޫކުރީ އަދި ދޫނުކުރަނީ ކޮންރަށެއްކަން އެނގިފައި ނުވާކަމަށް މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް އެއަރޕޯޓްސްތަކާ ބެހޭ ލިޔެފައިވާ ޕްލޭނެއް ނެތްކަމަށާއި ކުޅުދުއްފުށީ އެއަރޕޯޓް އެއްކޮށް ނިމިފައި ނުވިނަމަވެސް އެއަރޕޯޓް ހުޅުވާފައިވާކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމްވެސް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެލައްވާ ބޭފުޅަކު އެވުޒާރާގެ ފުރިހަމަ އޮޑިޓެއް ހަދަން ޖެހޭ ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި އިމިގްރޭޝަނާ ބެހޭ މައުލޫމާތު ދެއްވަމުން ހުސައިން އިސްމާއީލް ވިދާޅުވީ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވަނީ 'އަދުތޯ މާދަންތޯ' ވެފައި ކަމަށާއި އެސިސްޓަމް ބެހެއްޓި އެމެރިކާ ސަރުކާރުން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ބޭނުންވިއަސް އެތެރޭގެ ކަންކަން ނުނިންމިގެން އެކަން ނުކުރެވިފައިވާ ކަމަށެވެ.

ހުސައިން ވިދާޅުވީ ވިސާ ދޫކުރާ ސްޓިކާ ނެތިގެން އަތުން ލިޔެގެން ދުވާލަކު 800 މީހުންނަށް ވިސާ ދޫކުރާ ކަމަށާއި ބިދޭސީން އެތެރެވުމުގެ ކަންކަމުގައި ލާފައިވާ ސެކިއުރިޓީ ލޮކްތައް ނައްތާލާފައިވާތީ ބިދޭސީން އެތެރެވުމުގެ ކޮންޓްރޯލް ގެއްލިފައިވާކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް