17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

ވެލެޒިނީ

ވެލެޒިނީ ބަންދުން ދޫކޮށްލައި، އާއިލާ އާއި ހަވާލުކޮށްފި

  • ވެލެޒިނީ ދޫކޮށްލައި އާއިލާ އާއި ހަވާލުކުރީ އޭނާ އެޑްމިޓްކޮށްގެން ފަރުވާކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވާތީ
އާމިނަތު ނުޒުހާ | nuzu8121

| 14 ނޮވެންބަރު 2018 | ބުދަ 18:16 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީ -- ޓްވިޓަރ

ޖުޑިޝަލް ސާވިސަސް ކޮމިޝަންގެ ކުރީގެ މެންބަރު އާއިޝަތު ވެލެޒިނީ ބަންދުން ދޫކޮށްލައި އާއިލާ އާއި ހަވާލުކުރުމުން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ވެލެޒިނީ ދޫކޮށްލައި އާއިލާ އާއި ހަވާލުކުރީ އޭނާ އެޑްމިޓްކޮށްގެން ފަރުވާކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވާތީކަމަށެވެ.

ފުލުުހުން ބުނީ ބަންދުން ދޫކޮށްލި ނަމަވެސް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ފުލުހުން ފުރިހަމަ ކުރަމުން ގެެންދާނޭ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހުގެ ރޭ ވެލެޒިނީ ހައްޔަރުކުރީ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުމަށް ފަހު އިއްޔެ ރާއްޖެ އައުމުންނެވެ. އޭނާ ހައްޔަރުކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގަ އެވެ. އަދި އެ ފުރައްސާރަ ކުރުންތަކުގެ ސަބަބުން، އޭނާ އަކީ މުރުތައްދު ވެފައިވާ މީހެއް ކަމުގައި އިސްލާމިކް މިނިސްޓްރީން އޮތީ ކަނޑައަޅާފައެވެ.

ވެލެޒިނީ ހައްޔަރު ކުރުމުން ބައެއް މީހުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އޭނާއަކީ ނަފްސާނީ ގޮތުން ފަރުވާ ލިބެން ޖެހޭ މީހެއް ކަމަށާއި އެ ހާލަތުގައި ހުރި މީހަކު ހައްޔަރު ކޮށްގެން ނުވާނެ ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޑު ކިޔާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް