17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލުގެ 95 އިންސައްތަ ނިމިއްޖެ، ފެބްރުއަރީގައި ހުޅުވޭނެ: މިނިސްޓަރު

  • ދަރުމަވަންތަ ހޮސްޕިޓަލް އަށް އިކުއިޕްމެންޓް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި 93 މިލިއަން ރުފިޔާ ހިމަނާފައިވޭ

| 14 ނޮވެންބަރު 2018 | ބުދަ 13:49 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


ދަރުމަވަންތަ ހޮސްޕިޓަލުގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި -- ފޮޓޯ: އަހުމަދު މުހުސިނު

ދަރުމަވަންތަ ހޮސްޕިޓަލުގެ 95 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ބުދަ ދުވަހު ކުރެއްވި ޒިޔާރަތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އުއްމީދު ކުރި ވަރަށް ވުރެ މަސައްކަތް ލަސްވެފައި ވާކަމަށެވެ.

އައިޖީއެމްޗްއާ ޖެހިގެން އަޅަމުންދާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަން ކުރިން ކަނޑައަޅާފައި އޮތީ މި އަހަރުގެ ޖުލައި މަހު 26 ވަނަ ދުވަހުއެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ޖޫން، 5، 2016 ގައި، މަސައްކަތް ފެށި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކުރެއެވެ.

ހޮސްޕިޓަލަށް ގެންނަ އިކުއިޕްމަންޓަށް ދައްކާ ފައިސާއަކީ އަދި އިމާރަތުގެ އަގުގެ ތެރޭގައި ނުހިމެނޭ ބައެކެވެ. އެ ގޮތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ވެސް ދަރުމަވަންތަ ހޮސްޕިޓަލްގެ އިކުއިޕްމެންޓް ހޯދުމަށް 93 މިލިއަން ރުފިޔާ ޖަހާފައި ވެއެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް