
| 14 ނޮވެންބަރު 2018 | ބުދަ 13:04 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ޚާއްސަކުރެވިފައިވާ ޑިޖިޓަލް ރިސޯޓް ޕޯޓްފޯލިއޯ އެއް މިއަދު އުރީދޫ އިން ތައާރަފްކޮށްފިއެވެ.
މި ސޮލިއުޝަންތަކުގެ އަމާޒަކީ، ފަތުރުވެރިކަން ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާކެޓްތަކުގައި ބޭނުންކުރެވެމުންދާ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި ދިވެހި ރިސޯޓުތައް ފަސޭހަކަމާ އެކު ގުޅުވާލަދިނުމެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ޚާން، ވިދާޅުވީ ޗުއްޓީ އެއް ޚިޔާރުކުރާއިރު، އަދުގެ ފަތުރުވެރިން އިސްކަން ދެނީ ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ތަފާތު ތަޖުރިބާތަކެއް ގެނެސްދޭ ހޮޓެލްތަކާއި ރިސޯޓުތަކަށް ކަމަށާއި މިފަދަ ތަޖުރިބާތަކެއް މަގުފަހިކޮށްދީ، ރިސޯޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ހޮޓެލިއަރުން ވެސް ދަނީ އީޖާދީ ޓެކްނޮލޮޖީތައް އިޚްތިޔާރުކޮށް، އޭގެ ބޭނުން ހިފަމުން ކަމަށެވެ.
އެހެންކަމުން އުރީދޫގެ އަމާޒަކީ މިފަދަ ޓެކްނޮލޮޖީތަކާއި ފަސޭހަކަމާ އެކު ރިސޯޓުތައް ގުޅުވާލަދިނުން ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.
"ދުނިޔޭގެ އެކި ހިސާބުތަކުގައި ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދެމުންދާ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުން ލިބިފައިވާ ތަޖުރިބާ އާއި އެކު، އުރީދޫގެ ޑިޖިޓަލް ރިސޯޓް ސޮލިއުޝަންތައް އެހީތެރިވެ ދެނީ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ރިސޯޓުތަކުގެ އައިޓީ އިންފްރާސްޓްރަކްޗަރ ސިމްޕްލިފައި ކުރުމާއި އެކު އެކަމަށް ހޭދަކުރަމުންދާ އަދަދު ކުޑަކޮށްދިނުމަށް. ހަމަ އެހެންމެ، ރިސޯޓުގެ އެންމެހާ މުއާމަލާތާ ބެހޭ އެންމެހާ މައުލޫމާތުތައް އެއްތަންކޮށް، ޑޭޓާ އެނަލިޓިކްސްގެ އެހީގައި ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން،" އުރީދޫގެ ސީއީއޯ ނަޖީބް ޚާން، ވިދާޅުވިއެވެ.
މި ޕޯޓްފޯލިއޯގައި ހިމެނޭ ސޮލިއުޝަންތަކަކީ:
އުރީދޫ ބިޒްނަސްގެ ޑިޖިޓަލް ރިސޯޓްސްއަކީ، އިތުރު ހާޑްވެއާތަކާއި ނުލާ ކްލައުޑް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކެކެވެ. ރިސޯޓްތަކުގައި މިހާރު ވެސް ގާއިމްކުރެވިފައިވާ އައިޓީ ވިއުގަ އާއި ފަސޭހަ އިން ގުޅާލެވޭ މި ސޮލިއުޝަންތައް މެދުވެރިކޮށް، މުޅި ރިސޯޓުގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލް ކޮށް، ޖުމްލަ ގޮތެއްގައި ހަރަދުތައް ވެސް ކުޑަކުރެވިގެންދާނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް