25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

މަހިބަދޫ ފުޓުބޯޅަ ދަނޑު

މަހިބަދޫ ފުޓުބޯޅަ ދަނޑު ހުޅުވުމުގެ ގޮތުން ޓީސީއާ މެޗެއް ކުޅެނީ!

  • މަހިބަދޫ ފުޓުބޯޅަ ދަނޑު ހުޅުވާނީ ހުކުރު ދުވަހު
ލީވާން އަލީ | MrLeevaan

| 14 ނޮވެންބަރު 2018 | ބުދަ 11:16 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


މަހިބަދޫގައި އެޅި ފުޓުބޯލަ ދަނޑު -- ފޭސްބުކް

އދ. މަހިބަދޫގައި އަޅާފައިވާ ޓާފް ބޮޑު ފުޓުބޯޅަ ދަނޑު ހުޅުވުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މަހިބަދޫ އިން ހޮވާލެވޭ ޓީމެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލުމާތު ދެމުން މަހިބަދޫ ސްޕޯޓްސް ކްލަބުން ބުނީ، ޓީސީއާ ދެކޮޅަށް ކުޅޭ މެޗުގައި މަހިބަދޫ ޓީމުން އެ ރަށަށް ނިސްބަތްވާ ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ފެނިގެންދާނެ ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ، ޓީސީން މަހިބަދޫ އަށް ދާނީ ކޭމެޕް ކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ނިޒާމްބެ ބުނީ، ހުކުރު ދުވަހު މަހިބަދޫއާ ދެކޮޅަށް މެޗު ކުޅުމަށްފަހު ޓީސީ އެނބުރި މާލެ އަންނާނީ ހޮނިހިރު އަދި އާދީއްތަ ދުވަހު އެ ރަށުގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ފަހު ހޯމަ ދުވަހު ކަމަށެވެ.

މަހިބަދޫގެ ދަނޑު ހުޅުވުމުގެ ގޮތުން ޓީސީ އަދި މަހިބަދޫ ކުޅޭ މެޗު އޮންނާނީ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުން އިސް ނަގައިގެން ޓޫރިޒަމް ދާއިރާގެ އެހީއާ އެކު މަހިބަދޫގައި އެޅި މި ފުޓުބޯޅަ ދަނޑުގައި އޭއެފްސީ ކަޕްގެ މެޗުތައްވެސް ކުޅެވޭނެއެވެ.

މަހިބަދޫ ދަނޑާ ގުޅޭ އިތުރު ޕްރޮޖެކްޓްތައް މަހިބަދޫ ސްޕޯޓްސް އިން އަންނަނީ ރާވަމުންނެވެ. އެގޮތުން ލައިޓިން ސިސްޓަމް ހަރުކުރުމާއި، ސިޑި ބަރި އާއި ޗޭންޖިން ރޫމްތައް ހެދުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް