19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

އަކުއާ ވީޓާ ރެސިޑެންސީ

އަކުއާ ވީޓާ ރެސިޑެންސީގެ ބުކިން ހެދުމުގެ ފުރުސަރު ހުޅުވާލައިފި

 • 2020 ވަނަ އަހަރުގެ މަރޗް މަހަށް މަސައްކަތް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައި
 • ކޮންމެ ފަންގިފިލާއެއްގައި ހުންނަނީ 8 އެޕާޓްމަންޓް
 • މިއީ ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީ ކުރާ އިމާރާތްތަކެއް
ސިމާހާ ނަސީމް | sim_kamana

| 13 ނޮވެންބަރު 2018 | އަންގާރަ 19:47 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
 3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
 5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
 6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
 7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
 8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


އަކުއާ ވީޓާ ރެސިޑެންސީގެ ސާމްޕަލް -- ރާއްޖެއެމްވީ

ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީ ކުރަމުން ގެންދާ، "އަކުއާ ވީޓާ" ރެސިޑެންސީގެ އެޕާޓްމަންޓް ތަކުގެ ބުކިން ހެދުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލައިފިއެވެ.

މި އެޕާޓްމަންޓްތައް ތަރައްގީ ކުރަނީ، ސްރީލަންކާގެ އަޔެންކާ ހޯލްޑިންގްސް އާއި ރާއްޖޭގެ އެން.ޕީ.އެޗް އިންވެސްޓްމަންޓު ގުޅިގެން އުފެއްދާފައިވާ އެން.ޕީ.އެޗް ޑިވެލޮޕްމަންޓްސް އިންނެވެ. އެ ތަނުގެ ކޮންޓްރެކްޓަރަކީ "ފޯޗިއުން 500" ކުންފުނިތަކުގެ ތެރޭގައި ހިމެނޭ، ޗައިނާގެ އެމް.ސީ.ސީ ކުންފުނިންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެންޕީއެޗްޑީގެ ސީއޯއޯ ޕްރަސަންނަ ލިޔަނަގޭ ވިދާޅުވީ ބުކިންގް ފީގެ ގޮތުގައި އެޕާޓްމަންޓަށް މިވަގުތު ދައްކަން ޖެހެނީ ޖުމްލަ އަގުގެ 10 އިންސައްތަ ކަމަށާއި އަކަފޫޓަކަށް އެވަރޭޖްކޮށް 254 ޑޮލަރު ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިމާރާތަށް ފައިސާ ދައްކަމުން ގެންދަން ޖެހޭނީ އިމާރާތް ފުރިހަމަވާ މިންވަރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖުމްލަ 104 ޔުނިޓްގެ "އަކުއާ ވީޓާ" ރެސިޑެންސީގައި ސާދަ ފަންގިފިލާ ހުންނައިރު، ކޮންމެ ފަންގިފިލާއެއްގައި ހުންނަނީ 8 އެޕާޓްމަންޓްއެވެ. އޭގެތެރޭގައި ހަތަރު ޑިޒައިނަކަށް ހުންނަ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ހިމެނެއެވެ.

މީގެ އިތުރުން އިމާރާތުގައި ދިރިއުޅުއްވާ ފަރާތްތަކުން ބޭނުންކުރަން ޒަމާނީ ޖިމްއަކާއި، ޕޫލެއްގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދެއް ވެސް ހިމެނެއެވެ. މި އިމާރާތުގެ ހާއްސަ ކަމަށް ބަލާއިރު އިމާރާތް ނިމޭއިރު ހަފްލާތައް ބޭއްވޭ ގޮތަށް ކްލަބް ހައުސް އެއް ހުންނާނެ ކަމަށް ވެސް އެންޕީއެޗްޑީ އިން މައުލޫމާތުދެއެވެ.

މި އިމާރާތުގެ މަސައްކަތް 2020 ވަނަ އަހަރުގެ މަރޗް މަހު ނިމޭނެ ކަމަށް އެންޕީއެޗްޑީ އިން ވަނީ ލަފާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް