17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

ފައިނޭންސް ކޮމިޓީ

ބަޖެޓްގައި ހިމަނާފައިވާ ފައިސާއިން 4.8 ބިލިއަން ރުފިޔާ މިސަރުކާރުން ނަގާފައިވާ ލޯނުތަކާއި ބިލްތަކަށް!

  • މިނިސްޓްރީތަކުން ލިބެންޖެހޭ އެއްބާރުލުމެއް ނުލިބޭ
  • ބަޖެޓް ތައްޔާރުކުރަން ވަގުތެއް ނުލިބޭ، މިއީ މުޅިއަކުން އަޅުގަނޑުމެންގެ ބަޖެޓެއް ނޫން: އަމީރު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 13 ނޮވެންބަރު 2018 | އަންގާރަ 11:27 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


އާ ސަރުކާރުގެ ފައިނޭންސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- އާކައިވް

މިސަރުކާރުން ނަގާފައިވާ ލޯންތަކާއި ބިލްތަކަށް އެކަނި ވެސް  ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އާ ސަރުކާރުގެ ފައިނޭންސް ކޮމިޓީން ބުނެފިއެވެ. 

ފައިނޭންސް ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އިގުތިސާދީ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހީމް އަމީރު ވިދާޅުވީ ޓްރާންސިޝަން ޕީރިއަޑްގައި މިނިސްޓްރީތަކުން ލިބެންޖެހޭ އެއްބާރުލުމެއް އެކަށީގެންވާ މިންވަރަށް ލިބިފައިނުވާ ކަމަށާއި ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެކަނި ވެސް އަންނަ އަހަރަށް ލަފާކޮށްފައިވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓުން ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެކަމުގެ ސަބަބުން އާ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒު ކުރުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށެވެ. 

ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އެ ބަޖެޓަކީ އާ ސަރުކާރުން ހުށައެޅި ބަޖެޓެއް ކަމަށެވެ. އެހެން ނަމަވެސް އަމީރު ވިދާޅުވީ އެއީ މެނިފެސްޓޯގެ ވައުދުތައް ހިމެނިގެން އެކުލަވައިލި ބަޖެޓެއް ނޫން ކަމަށާއި އެއީ އެ ބޭފުޅުންގެ ފަރާތުން ހުށައެޅި ބަޖެޓެއް ނޫން ކަމަށެވެ. 

"އަޅުގަނޑުމެންނަށް އެކަށީގެންވާ ވަގުތެއް ނުލިބޭ ބަޖެޓް އެކުލަވާލާކަށް. މިނިސްޓްރީތަކުން ލިބެންޖެހޭ އެއްބާރުލުމެއް އަޅުގަނޑުމެންނަކަށް ނުލިބޭ. ބަޖެޓް ކަންތައްތަކާ އުޅެން  ގާތްތަނޑަކަށް ދެ ހަފްތާ ވަރު ލިބުނީ. އެހެން ކަމުން މިއީ މުޅިއެކު އަޅުގަނޑުމެންގެ ފަރާތުން ހުށައެޅި ބަޖެޓެކޭ ނުބުނެވޭނެ،" އަމީރު ވިދާޅުވިއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް