17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

ދައުލަތުގެ ބަޖެޓް 2019

ބަޖެޓް 2019: އަންނަ އަހަރު އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 23 ބިލިއަން ރުފިޔާ

  • އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 23 ބިލިއަން ރުފިޔާ
  • ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 16.5 ބިލިއަން ރުފިޔާ
  • ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރެވެނީ 5.6 ބިލިއަން ރުފިޔާ
މުހައްމަދު ފަޒީން | phaxyn

| 13 ނޮވެންބަރު 2018 | އަންގާރަ 10:16 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު މުނައްވަރު މިއަދު ބަޖެޓް ހުށަހަޅުއްވަނީ -- މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި 23 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް ލަފާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހުށަހެޅުއްވި ބަޖެޓްގައިވާ ގޮތުން، 2019 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 23 ބިލިއަން ރުފިޔާއެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 16.5 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކުރެވޭ 5.6 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ އެއް ބިލިއަން ރުފިޔާއެވެ.

އެއީ ޓްރަސްޓް ފަންޑްތަކުން ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ ހިމަނައިގެން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ ޖުމްލަ އާމްދަނީ ކަމަށް ބަޖެޓް ފޮތުގައި ވެއެވެ.

މިހާރު ހިނގަމުންދާ 2018 ވަނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ އާއި 2019 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއާ އަޅައިބަލާއިރު، އާމްދަނީ އާއި ހިލޭ އެހީ ޖުމްލަ ގޮތެއްގައި 8.1 އިންސައްތަ އިން އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެއީ ރާއްޖޭގެ އިގްތިސާދު 6.8 އިންސައްތައިގެ ކުރިއަރާނެ ކަމަށް ލަފާކުރެވޭތީ، ފަތުރުވެރިކަމުގެ ދާއިރާ އިން ޓެކުސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭތީ، ޖުމްލަ އާމްދަނީގެ 34.2 އިންސައްތައަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ސީދާގޮތުން ލިބޭ އާމްދަނީ ކަމަށް ވެސް ބަޖެޓް ފޮތުގައި ވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި ހުށަހަޅާފައި ވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 

ބަޖެޓްގެ ޚަރަދުގެ ގޮތުގައި 26.7 ބިލިއަން ރުފިޔާ ހިމެނޭ އިރު، ލޯނު ދެއްކުމަށް 2.9 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. 

ހިނގަމުން މިދާ އަހަރަށް ފާސްކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވާ އިރު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލާފައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެން ކަމަށް ސަރުކާރުން ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް