17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

ރައްޔިތުންގެ މަޖިލިސް

ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން

  • ނަޝީދު މިނިވަންކުރުމަށް 15 މެމްބަރުން ތާއިދު
  • މިނިވަންކުރުމުގެ ގަރާރު ފާސްކުރީ 57 މެމްބަރުން ވޯޓުން
ޙުސައިން ޙަސަން | hucenhassan

| 13 ނޮވެންބަރު 2018 | އަންގާރަ 00:09 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


ނަޝީދު މިނިވަންކުރުމާ ދެކޮޅަށް ވޯޓު ދެއްވި ނުވަ މެމްބަރުން -- ފޮޓޯ: ރާއްޖެ އެމްވީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި، މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނުވަ މެމްބަރަކު ވޯޓު ދެއްވައިފިއެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ހުށަހެޅި ގަރާރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް ފާސްކުރުމަށް ހޯމަ ދުވަހު ނެގި ވޯޓުގައި 66 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ގަރާރު ފާސްކުރުމަށް ވޯޓު ދެއްވީ 57 މެމްބަރުންނެވެ. އެ މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ 15 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވައި ޕީޕީއެމްގެ ހަ މެމްބަރަކު މަޖިލީހުގެ ތަޅުމުގައި ތިއްބެވިއެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވި ޕީޕީއެމްގެ ނުވަ މެމްބަރުންނަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލާއި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދުގެ އިތުރުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީއެވެ.

އެ ގަރާރާއި އެއްކޮޅަށް ވޯޓު ދެއްވި ޕީޕީއެމްގެ 15 މެމްބަރުންނަކީ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމާއި ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދާއި ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާނާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދުގެ އިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.

ނަޝީދު މިނިވަން ކުރުމަށް އިވާ ހުށަހެޅުއްވި ގަރާރު ދިރާސާ ކުރި ކޮމެޓީން ވަނީ އެއަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ގަރާރަށް ގެނެސްފައިވާ ބަދަލުގައި ބުނެފައި ވަނީ ރައީސް ނަޝދާއި އެއްފަދައިން ހުކުމްކޮށްފައިވާ އެންމެހައި މީހުންގެ މައްސަލަތައް މުރާޖައާކޮށް އެ މީހުން މިނިވަންކޮށް، އިންސާފު ގާއިމުކޮށްދިނުމަށް ޕީޖީއަށާއި ސުޕްރީމް ކޯޓަށް އިލްތިމާސްކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް