17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

ރައީސް ނަޝީދު އުކުޅަހަށް ވަޑައިގަތުން

ރައީސް ނަޝީދުގެ ޝަރަފުގައި ޚާއްޞަ ބޮޑުބެރު ޝޯއެއް ބާއްވައިފި

  • މި ޝޯވ ދީފައިވަނީ އުކުޅަހު ރަށް ގުޑާ ބޮޑުބެރު ގުރޫޕުން
  • މި ޝޯވ އޮތީ އުކުޅަހު ބަނދަރުމަތީގައި ހުންނަ ސްޓޭޖް ގައި
އަހުމަދު މުހުސިނު | dhonbandaara

| 13 ނޮވެންބަރު 2018 | އަންގާރަ 00:03 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


އުކުޅަހުގައި ހޯމަ ދުވަހުގެރޭ ބޭއްވި ބޮޑުބެރު ޝޯވް -- ފޮޓޯ: ރާއްޖެ އެމްވީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އއ އުކުޅަހަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފްގައި ޚާއްޞަ ބޮޑުބެރު ޝޯވ އެއް ބާއްވައިފިއެވެ.

ހޯމަ ދުވަހުގެރޭ އުކުޅަހު ބަނދަރު ސަރަހައްދުގައި ހުންނަ ސްޓޭޖްގައި މި ޝޯވ ދީފައި ވަނީ އުކުޅަހު "ރަށް ގުޑާ" ބޮޑުބެރު ގުރޫޕުންނެވެ.

 އުކުޅަހުގައި ބޭއްވި ބޮޑު ބެރު ޝޯވ ބެއްލުވުމަށް ރައީސް ނަޝީދުގެ ދެކަނބަލުން އެ ރަށު ބަނދަރު ސަރަހައްދުގައި

ރައީސް ނަޝީދަށް ޚާއްޞަކޮށް ބައެއް ލަވަތައް ވެސް ކިޔާފައިވާ މިޝޯވ 21:00 އިން 23:00 އަށް ކުރިއަށް ގެންދިޔައެވެ. މި ޝޯވ ބައްލަވާލެއްވުމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން އުކުޅަހަށް އެމަނިކުފާނާ އެކު ވަޑައިގެންނެވި ޓީމު ވެސް ވަޑައިގެން ތިއްބެވިއެވެ. އަދި އުކުޅަހުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވެސް މި ޝޯވ ބަލާލުމަށް ސްޓޭޖް ސަރަހައްދަށް ވަނީ އައިސްފައެވެ.

އުކުޅަހުގައި ކުރިއަށް ގެންދިޔަ ބޮޑުބެރު ޝޯ

ރައީސް ނަޝީދު އުކުޅަހަށް ކުރެއްވި މިދަތުރުފުޅުގައި އަންގާރަ ދުވަހު އޮންނާނީ އުކުޅަހު ގެސްޓް ހައުސްތަކުގެ ވެރިންނާ ބައްދަލު ކުރެއްވުމާއި އާ 3 ގެސްޓް ހައުސްއެއް ހުޅުވައިދެއްވުމެވެ.

އެމަނިކުފާނުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް