
| 12 ނޮވެންބަރު 2018 | ހޯމަ 23:14 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
މަހުލޫފު އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު، އޭނާގެ މެމްބާޝިޕް ފޯމު ހަވާލު ކުރައްވާފައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެވެ.
Little surprise. I’m officially kula yellow. Looking forward to work closely with President-elect Hon. @ibusolih & President @MohamedNasheed. Very happy to be part of MDP family. @MDPSecretariat #HithaaHithugeGulhumeh #JazeeraRaajje pic.twitter.com/fUgMfPFMRw
— Ahmed Mahloof (@AhmedMahloof) November 12, 2018
އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު، މެމްބާޝިޕް ފޯމު އިންތިހާބީ ރައީސާ ހަވާލު ކުރެއްވި ފޮޓޯ ޓްވީޓު ކުރައްވަމުން މަހުލޫފު ވިދާޅުވެފައި ވަނީ ރަސްމީކޮށް "ކުލަ ޔެލޯ ވެއްޖެ" ކަމަށާއި އިންތިހާބީ ރާއީސާއި ރައީސް ނަޝީދާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ކައިރިން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީ އާއިލާއާއެކު މަސައްކަތް ކުރުމަކީ އުފަލެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން، ސިޔާސީ މަސައްކަތް ފެއްޓެވި މަހުލޫފު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ. އަދި 2014 ވަނަ އަހަރު ޕީޕީއެމް ޓިކެޓުގައި ވާދަ ކުރައްވައި ބޮޑު އަގުލަބިއްޔަތަކުން، ދެ ވަނަ ފަހަރަށް ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި މަހުލޫފު ދިފާއު ކުރެއްވިއެވެ.
ރާއްޖޭގެ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް މަހުލޫފު ކުރެއްވި މަސައްކަތްޕުޅާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ، އެމްނެސްޓީ އިންޓަރނޭޝަނަލުން ކަނޑައަޅާފައި ވަނީ މަހުލޫފަކީ ޟަމީރުގެ ގައިދީއެއް ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
3 މަސް ކުރިން
Maruhabaa MP Mahloof