19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

ޑީޖޭއޭ

ފަނޑިޔާރުންގެ ބެންޗުގައި ފޮޓޯ ނަގައި، އާންމުކުރި މައްސަލަ ދަނީ ބަލަމުން: ޑީޖޭއޭ

  • ފަނޑިޔާރުންގެ ބެންޗަށް އަރައި ފޮޓޯ ނެގުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް
  • ފޮޓޯތައް އެމީހުން ނެގި ގޮތެއް ސާފެއް ނުވެ
އަމްނާ އިމާދު | @amnabinthimad

| 12 ނޮވެންބަރު 2018 | ހޯމަ 23:10 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


ކޯޓްތަކަށް ފޯނުވެއްދުމަކީ މަނާކަމެއް -- ޓްވިޓަރ -- ޓްވިޓަރ

ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ތިބެ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެމައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ.

ޑީޖޭއޭއިން ނެރިފައިވާ ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް އަރައިތިބެ ފޮޓޯ ނެގުމަކީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށެވެ.

ޑީޖޭއޭއިން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، އެ މައްސަލަ ބެލުމަށްފަހު، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރަށް މިބަޔާނުގައި ބުނެފައި ވަނީ ޝަރުއީ ކޯޓެއްގެ ހުއްދައަކާ ނުލައި ކޯޓެއްގެ އެތެރެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަކީ، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ)ގެ 8، 9، 13(ހ)، އަދި 15 ވަނަ ނަންބަރުގެ ދަށުން ބަލާއިރު، ކޯޓުގެ ޙުރުމަތް ކެނޑުމުގެ އަމަލެއް ކަމަށްވާތީ، އެ އަމަލު ކުށްވެރިކުރާ ކަމަށެވެ.

ކޯޓުތަކުގެ ހައިބަތާއި ކަރާމަތާއި ޤަދަރަށް އުނިކަން އަތުވެދާ ފަދަ އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާ ޑީޖޭއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ފަނޑިޔާރުގެ ބެންޗަށް އަރައި ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެ ތިބެ ފޮޓޯތައް ނަގާ އާންމުކޮށްފައިވާއިރު، ޝަރީއަތުގެ މަޖިލީހަށް މީހުން ވައްދަނީ ފޯނު އަތުލުމަށްފަހުއެވެ. އެހެންވެ އެ ފޮޓޯތައް އެމީހުން ނެގި ގޮތެއް ސާފެއް ނުވެއެވެ.

ފޮޓޯތަކަށް ބެލުމުން ބޮޑަށް ބެލެވެނީ އެމީހުން ފޮޓޯތައް ނަގަފައި ވަނީ ޖުވެނައިލް ކޯޓްގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް